Post banner
ރަށްރަށުން

އަތޮޅުގެ ގަދަބާރު އޭދަފުށި ބަލިކޮށް މާޅޮހުން ފެށުން ރަނގަޅުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އަތޮޅުގެ ގަދަބާރު އޭދަފުށި ބަލިކޮށް މާޅޮހުން ފެށުން ރަނގަޅުކޮށްފި

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް ބ އަތޮޅު ބުރުގައި އަތޮޅުގެ ގަދަ ބާރު އޭދަފުށި އަދި މާޅޮސް ބައްދަލު ކުރި މެޗް މާޅޮސް ޓީމުން ކާމިޔާބުކޮށްފިއެވެ.

މިމެޗުގެ ފުރަތަމަ ގޯލު، މެޗުގެ 7 ވަނަ މިނެޓްގައި ކާމިޔާބުކުރީ މާޅޮސް ޓީމުންނެވެ.

ދެ ކުޅުންތެރިންގާތުން ނައްޓާފައިގޮސް މާޅޮސް ޓީމްގެ ކިރްގިސްތާނަށް ނިސްބަތްވާ ކުޅުންތެރިޔާ ރާމިސް އޭދަފުށީ ގޯލް އޭރިޔާ ތެރެއަށް ނަގައިދިން ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލައިގެން ގޯލް ޖެހީ ޖަރޒީ ނަމްބަރ 29 މުޙައްމަދު ނަބީލެވެ.

އޭގެ ފަހުން އޭދަފުށީ ޓީމްގެ ޝާހީ މޫސާ (ހިތޭ) އަށް މުއާޒް ހުރަސް ކުރި ބޯޅަ ގޯލަށް ނުޖެހި ބޭކާރުވެގެން ދިޔައެވެ.

އޭދަފުށީ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްލަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފި، އަނެއްކާވެސް މާޅޮސް ޓީމުން މުޙައްމަދު ނަބީލް ޖަރޒީ ނަމްބަރ 29 މެޗުގެ 10 ވަނަ މިނެޓްގައި އިތުރު ގޯލެއް ޖަހާ ލީޑް ފުޅާކުރިއެވެ. މިގޯލް ކާމިޔާބުކުރީ މާޅޮސް ޓީމްގެ ގޯލް ކީޕަރ އޭދަފުށީ ހާފްތެރެއަށް އެއްލި ބޯޅައެއް މާޅޮސް ޓީމްގެ ޖަރޒީ ނަމްބަރ 30 އިބްރާހިމް ވިޔާމްއަށް ލިބުމާއެކު އޭނާ ރީތިކޮށް ތިރިތިރިން ނަބީލްއަށް ބޯޅަ ދިނުމުންނެވެ.

ފުރަތަމަ ހާފްގައި އޭދަފުށީ ޓީމުން ގިނަ ހަމަލާތަކެއް މާޅޮސް ޓީމްގެ ގޯލާއި އަމާޒް ކުރި ނަމަވެސް ގޯލް ކީޕަރ އާތިފް ވަރަށް ހުޝިޔާރުކަމާއިއެކު ގިނަ ސޭވްތަކެއް ކުރިއެވެ. .ފުރަތަމަ ހާފް ނިމުނީ 0 - 2 އިން މާޅޮސް ކުރީގަ އޮވެގެންނެވެ.

ދެވަނަ ހާފް ފެށުމާއެކު ފަރަގު ކުޑަކޮއްލަން އޭދަފުށީ ޓީމުގެ މުޙައްމަދު ފާސިރު (ފާއްޓެ) އަށް ވަރަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް ފާއްޓެ ބާރަށް ފޮނުވާލި ބޯޅަ ގޯލަށް އަމާޒު ނުވެ ދިޔައީ ބޭރަށެވެ.

އޭގެ ފަހުން މާޅޮސް ޓީމްގެ ވިޔާމް ފޮނުވާލި ބާރު ބޯޅައެއް ގޯލް ކީޕަރ އަތުގަ ޖެހިފަ ގޯލް ޕޯސްޓްގައި ޖެހުނެވެ.

ދެޓީމަށް ވެސް ގިނަ ގޯލްތަކެއް ޖެހުމަށް ފުރުސަތުތަކެއް މިމެޗުގައި ލިބިގެން ދިޔައެވެ.

މާޅޮސް ޓީމްގެ މުހިއްމު ކުޅުންތެރިޔާ ވިޔާމް އަށް ލިބުނު އަނިޔާ އަކާ ގުޅިގެން ދެވަނަ ހާފްގެ 11 ވަނަ މިނެޓްގައި އޭނާ ދަނޑުން ބާލަން ޖެހުނެވެ.

މާޅޮސް ޓީމުގެ 3 ވަނަ ގޯލް ކާމިޔާބުކޮށްދިނީ މެޗުގެ 31 ވަނަ މިނެޓްގައި ޖަރޒީ ނަމްބަރ 7 މުޙައްމަދު އަމީމް އިބްރާހިމެވެ، ނަބީލްގެ ވަރަށް ހިތްގައިމު ޕާހަކުން މުޅިން ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ކީޕަރަށް މަތަ ނުކުރެވި ގޯލުގެ ތެރެއަށް ވަދެގެން ދިޔައެވެ.

ތަޖުރިބާކާރު މޮޅު ކުޅުންތެރިން ތިބި އޭދަފުށީ ޓީމް ތިނެއް - ސުމެއްގެ ނަތީޖާއަކުން ބަލިކޮށް މާޅޮސް ޓީމުން މިވަނީ އެޓީމުގެ ފެށުން ރަނގަޅުކޮށްފައެވެ.

މިމުބާރާތުގައި މިރޭ ކުޅޭ މެޗުގައި ބައްދަލު ކުރާނީ، ތުޅާދޫ އަދި ދޮންފަނެވެ.

ޚަބަރު ލިޔުނީ: ޙަސަން ސާތިޢު - ރަށުރިޕޯޓަރ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް