ސްރީލަންކާގައި ސައިބަރ ކުއްތައް ހިންގަމުންދިޔަ ގިނަ އަދަދެއްގެ އިންޑިއާ މީހުން ހައްޔަރުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ސްރީލަންކާގައި ސައިބަރ ކުށްތައް ހިންގަމުންދިޔަ ގިނަ އަދަދެއްގެ އިންޑިއާ މީހުން ހައްޔަރުކޮށްފިއެވެ،
ސްރީލަންކާގެ ލޯކަލް މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި، ސްރީލަންކާގެ ފުލުހުން ވަނީ ސައިބާ ކުށްތަކާއި ގުޅިގެން ޖުމުލަ 198 މީހުން ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި، އިންޑިއާގެ 173 މީހުންނާއި ނޭޕާލުގެ 25 މީހުން ހިމެނެއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ، ގާލީ އާއި ހިއްކަޑުވާ އަދި މިޑިގާމާގައި ހިންގި އޮޕަރޭޝަންތަކުގައި ކަމަށް ސްރީލަންކާގެ ފުލުހުން ހާމަކޮށްފައި ވެއެވެ.
ސްރީލަންކާގެ ފުލުހުން ވިދާޅުވީ، ހައްޔަރުކުރި މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ކުށްތަކުގެ ތަޙްޤީޤުތައް ހިންގަމުން ގެންދާކަމަށެވެ.
މީގެ ކުރިން ސްރީލަންކާގައި ޤަވާއިދާއި ޚިލާފަށް ބްރޯޑްކާސްޓް ކުރަމުން ދިޔަ ބަޔަކު ހޯދައި ހައްޔަރުކުރި އިރު އޭގެ ތެރޭގައި ދިވެއްސަކުވެސް ހިމެނުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް