ގެއްލިގެން ހޯދަމުން ދިޔަ މީހާ ފެނިއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފުލުހުންގެ އިދާރާ --
ލ. ގަމުން ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 20 އަހަރުގެ ޒުވާނާ ފެނިފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ އޭނާ ފެނުނު އިރު އޭނާގެ ހާލު ރަނގަޅުކަމަށެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުންގެ އިދާރާއިން ކުރިން ވިދާޅުވެފައިވާ ގޮތުގައި، އޭނާގެ އާއިލާއިން އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 11:14 ހާއިރުގައެވެ.
އާއިލާއިން އޭެނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، ރޭގެ މެންދަމު 2:00 އިން ފެށިގެން އޭނާގެ ޚަބަރެއް ނުވެގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް