ދިހަ އަހަރުގެ ތެރޭ އިނގިރޭސި ބޮޑުވަޒީރު ކަމުގެ މަޤާމަށް 7 ވަނަ ބޭފުޅަކު ހޮވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އޭންޑީ ބަރނަމް އިނގިރޭސި ރަސްގެފާނު ޗާލްސް (3) އާއި ބައްދަލުކުރެއްވުން ---
އިނިގިރޭސި ވިލާތުގެ އައު ބޮޑުވަޒީރުގެ މަޤާމަށް، އޭންޑީ ބަރނަމް ހޮވައިފިއެވެ.
އޭނާއަކީ، މިފާއިތުވި 10 އަހަރުގެ ތެރޭގައި އިނގިރޭސި ވިލާތުގެ ބޮޑުވަޒީރުކަމުގެ މަޤާމާއި ހަވާލުވެވަޑައިގެންނެވި 7 ވަނަ ބޭފުޅާއެވެ. އޭނާ މަޤާމާއި ހަވާލުވެވަޑައިގެންފައި ވަނީ މިއަދުއެވެ.
އިނގިރޭސި ވެރިކަމުގެ ނިޒާމު އޮންނަ ގޮތުން، ބޮޑުވަޒީރަކަށް ޢައްޔަނުކުރެވޭނީ، އާއްމު އިންތިޚާބުގައި ޤާނޫނު ހަދާ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކާމިޔާބުކުރާ ޕާޓީއެއްގެ މެމްބަރުންގެ ތެރެއިން ޕާޓީގެ ލީޑަރެވެ. އަދި ޕާޓީގެ ލީޑަރު އިސްތިއުފާ ދެއްވައިފިނަމަ، އަލުން ހޮވާލީޑަރަކަށް އާއްމު އިންތިޚާބަކާއި ނުލައި ބޮޑުވަޒީރުކަމުގެ މަޤާމު ލިބޭނެއެވެ.
އޭންޑީ ބަރނަމް މިއަދު ބޮޑުވަޒީރުގެ މަޤާމަށް ޢައްޔަނުކުރެވުނީ ކުރިން އެމަޤާމުގައި ހުރި، ކިއާ ސްޓާމާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެންޑްރޫ ބަރނަމްއަކީ، އިނގިރޭސި ވިލާތުގެ މެންޗެސްޓަރގެ މޭޔަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
އިނގިރޭސި ބޮޑުވަޒީރުގެ މަޤާމު އަވަސްއަވަހަށް ބަދަލުވަމުން އަންނަނީ، އެޤައުމަށް މިހާރު ކުރިމަތިވެފައިވާ އިޤުތިޞާދީ ދަތިތަކާއި ގުޅިގެން އާއްމުންގެ ދިރިއުޅުމަށްވެސް އަސަރުކޮށް އެކަމުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް