Post banner
ރާއްޖެ

ގެއްލުނު ޑައިވަރުން ހޯދަން ފީނި ސިފައިންގެ ޑައިވަރަކު ނިޔާވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ގެއްލުނު ޑައިވަރުން ހޯދަން ފީނި ސިފައިންގެ ޑައިވަރަކު ނިޔާވެއްޖެ

ފެލިދެއަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރަނިކޮށް ހާލުދެރަވި، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވެއްޖެ ކަމުގައި އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

މިހާދިސާ އާއި ގުޅިގެން އެންމެ ފުރަތަމަ އެމްއެންޑީއެފުން ވިދާޅުވީ، ފެލިދެއަތޮޅުގައި ފީނަން ދިޔަ ޑައިވަރުންގެ ތެރެއިން ގެއްލުނު ހަތަރު ޑައިވަރު ހޯދުމަށް، އެމްއެންޑީއެފުން ކުރިއަށްގެންދާ، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި މިއަދު ޑައިވްކުރި، ސިފައިންގެ ބޭކަލެއްގެ ހާލު ދެރަވެގެން، އޭޑީކޭ ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ. އޭނާ ނިޔާވީ، ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމެއް ނުވަތަ އޭގެ ކުރިން ކަމެއް އަދި ސާފެއް ނުވެއެވެ.

ގެއްލިފައިވާ އިޓަލީގެ 4 ޑައިވަރުން ހޯދުމަށް ހިންގާ އޮޕަރޭޝަނަކީ، ހައިރިސްކް އޮޕަރޭޝަނެއް ކަމުގައި އެމްއެންޑީއެފުން މީގެ ކުރިންވެސް ހާމަކޮށްފައި ވެއެވެ. ގެއްލިފައިވާ އިޓަލީގެ 4 ޑައިވަރުން ތާށިވެފައި ވާކަމަށް ބެލެވެނީ، 58 މީޓަރު ފުނުގައި ހުރި ހޮހަޅައިގެ ތެރޭގައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް