ޗެއާޕަރސަން އިންތިޚާބުގައި ވާދަކުރާ ވާޑު މީކާއީލަށް ތާއީދުކޮށް ނަން ނަގައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެމްޑީޕީގެ ޗެއަރ ޕަރސަން އިންތިޚާބަށް ކުރިމަތި ލެއްވި ތިން ކެނޑިޑޭޓުން -- އިބްރާހީމް މުހައްމަދު )ވާޑޫ) ކަނާތްފަރާތުގައި --
އެމްޑީޕީގެ ޗެއާޕަރސަންގެ އިންތިޚާބުގައި ވާދަކުރާ، ކެންޑިޑޭޓް ނަމްބަރ 2 އިބްރާހީމް މުހައްމަދު (ވާޑު) އެއިންތިޚާބުގައި ވާދަނުކުރުމަށް ނިންމައި، މީކާއީލްއަށް ތާއީދުކޮށްފިއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރާ، އިބްރާހީމް މުޙައްމަދަކީ، ލ. ފޮނަދޫއަށް ނިސްބަތްވާ މީހެކެވެ. އޭނާ ދިރިއުޅެނީވެސް އެރަށުގައެވެ.
ޗެއާޕަރސަން އިންތިޚާބުގައި، ވާދަކުރުމަށް ނިންމި ނިންމުން އަނބުރާ ގެނެސް އޭނާ، ކެންޑިޑޭޓް ނަމްބަރ 3 މީކާއީލް އަހްމަދު ނަސީމަށް އޭނާ ތާއީދުކުރަން ނިންމީ، ޒުވާނުންނަށް ޕާޓީގެ ކުރީސަފަށް ނުކުތުމަށްޓަކައި މީކާއީލްއަށް ފުުރުޞަތުދީ އެއްބާރުލުން ދިނުމުގެ ގޮތުން ކަމުގައި އޭނާ ވަނީ ބުނެފައެވެ.
އިބްރާހީމް މުޙައްމަދު ގެ މިނިންމުމަށް މީކާއިލް ނަސީމާއި، މީކާއީލްގެ ކެމްޕޭން ޓީމުން ވަނީ މަރުހަބާ ކިޔާފައެވެ.
އެމްޑީޕީގެ ޗެއާޕަރސަންގެ އިންތިޚާބުގައި، މީކާއީލް އާއި ވާދަކުރައްވަނީ، ކުރިންވެސް އެމްޑީޕީގެ ޗެއާޕަރސަންގެ މަޤާމު ފުރުއްވާފައިވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. މި އިންތިޚާބު އޮންނާނީ، މި ޖޫންމަހުގެ 12 ވަނަ ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް