ދުނިޔެ

އިންޑިއާގައި ބަލި މީހަކު ގޮވައިގެން ދަތުރުކުރި އެއާ އެމްބިއުލާންސެއް ވެއްޓި ބޯޓުގައި ތިބި އެންމެން މަރުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އިންޑިއާގައި ބަލި މީހަކު ގޮވައިގެން ދަތުރުކުރި އެއާ އެމްބިއުލާންސެއް ވެއްޓި ބޯޓުގައި ތިބި އެންމެން މަރުވެއްޖެ

ވެއްޓުނު އެއާ އެމްބިއުލާންސް މަތިންދާ ބޯޓުގެ ބައިތައް ---

އިންޑިއާގައި ޖަރްކަންދް ޕްރޮވިންސްގެ ރަންޗީ އިން ފުރައިގެން ދިއްލީއަށް ދަތުރުކުރި އެއާ އެމްބިއުލާންސް ޖަންގައްޔެއްގެ ތެރެއަށް ވެއްޓި، ބަލި މީހާއާއިއެކު އެބޯޓުން ދަތުރުކުރި އެންމެން މަރުވެއްޖެއެވެ.

އެބޯޓު ވެއްޓުނު ހާދިސާ ހިނގާފައި ވަނީ، ހޯމަ ދުވަހުގެ ރޭ 7:30 ހާއިރު ގައެވެ. ވެއްޓުނު އެއާ އެމްބިއުލާންސްއަކީ، އެއާ އެމްބިއުލާންސްގެ ޚިދުމަތްދޭ އިންޑިއާގެ ޕްރައިވެޓް ކުންފުންޏެއްކަމަށްވާ ރެޑްބަރޑް އެއާވޭސްގެ މަތިންދާ ބޯޓެކެވެ.

އެ އެއާ އެމްބިއުލާންސްގައި ގެންދިޔަ ބަލިމީހަކީ، ފިހިގެން މިމަހުގެ 16 ވަނަ ދުވަހު ރަންޗީގެ ދޭވްކަމަލް ހޮސްޕިޓަލްގައި އެޑްމިޓްކުރި، ސަންޖޭ ކުމާރު ނަމަކަށް ކިޔާ އުމުރުން 41 އަހަރުގެ މީހެކެވެ. އޭނާގެ ހަށީގަނޑުގެ %65 ފިހިފައިވާތީ، އޭނާގެ އާއިލާއިން ބޭނުންވީ އިތުރު ފަރުވާއަށް އޭނާ ދިއްލީގެ ހޮސްޕިޓަލަކަށް ބަދަލުކުރާށެވެ. އެހެންވެ ވެއްޓުނު އެއާ އެމްބިއުލާންސަކީ ބަލިމީހާގެ އާއިލާގެ ފަރާތުން ހަމަޖެއްސި އެއާ އެމްބިއުލާންސެކެވެ.

އިންޑިއާގެ އޭވިއޭޝަން ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، ބޯޓު ވެއްޓުނީ މޫސުމް ގޯސްވުމުގެ ސަބަބުންނެވެ. ބޯޓުވެއްޓުނު ހާދިސާގައި މަރުވި 7 މީހުންގެ ހަށިތައްވެސް މިހާރު ވަނީ ހޯދާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް