މުޑުދާރު ބަދިގެއެއްގައި ރޮށިފިހެ ބިދޭސީން ކުރަމުން ދިޔަ ވިޔަފާރިއެއް ހުއްޓުވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ބިދޭސީން ޤަވާއިދާއި ޚިލާފަށް ރޮށީގެ ވިޔަފާރި ކުރުމަށް ހިންގަމުން އައި ބަދިގެ --- ފޮޓޯ: ޕޮލިސް
ސާފުތާހިރުކަމުގެ ސެޓްފިކެޓްވެސް ނެތް، އަދި ހުއްދަވެސް ނެތި، މުޑުދާރު ތަނެއްގައި ރޮށިފިހެ ބިދޭސީން ހިންގަމުން އައި ވިޔަފާރިއެއް ހުއްޓުވައި 15 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މި 15 މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ، 2026 ޖެނުއަރީ 28 ވަނަ ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް އިމިގްރޭޝަން އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން މާލޭގައި ކުރިއަށް ގެންދިޔަ ޖޮއިންޓް އިންސްޕެކްޝަނެއްގައެވެ.
މި އިންސްޕެކްޝަނުގެ ތެރެއިން، ބަލައި ފާސްކުރި އެއް ތަނަކީ އެއްވެސް ހުއްދައެއް ނެތި ވިޔަފާރި އުސޫލުން ރޮށި ފިހެ ވިއްކަމުންދިޔަ ތަނެއްކަން ފާހަގަކުރެވިގެން އެ މަސައްކަތް ހުއްޓުވާފައިވާ ކަމަށާއި، އަދި ދެވަނަ ތަނުގައި ގަވާއިދާ ހިލާފަށް ފިހާރައެއް ހިންގައި، މުދާ ވިއްކަމުންދިޔަކަން ވަނީ ފާހަގަކުރެވި އެތަންވެސް ވަނީ ބަންދުކޮށްފައި ކަމުގައި ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައި ވެއެވެ.
ބިދޭސީން ޤަވާއިދާއި ޚިލާފަށް އިމްޕޯޓު މުދާ ވިއްކުމާއި އަދި ޤަވާއިދާއި ޚިލާފަށް ކާބޯތަކެތީގެ ވިޔަފާރި ކުރާ މައްސަލަ ވަނީ ބޮޑުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް