Post banner
ރާއްޖެ

ދެބޯޓުގެ ނަގިލި ކަހާލައި ބުރިޖަށް ލައްވި ހާދިސާއިން ފެނުނީ ސަރުކާރުގެ ނަޤާބިލްކަން: އެމްޑީޕީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ދެބޯޓުގެ ނަގިލި ކަހާލައި ބުރިޖަށް ލައްވި ހާދިސާއިން ފެނުނީ ސަރުކާރުގެ ނަޤާބިލްކަން: އެމްޑީޕީ

ރާއްޖެއަށް ވަގަށް އެތެރެވެފައި ވަނިކޮށް ފެނިގެން ހުއްޓުވާފައިވާ ބޯޓުތައް ---

މާލެއާއި މާލެ ކައިރީގައި ދަތުރުކުރާ އުޅަނދުތަކުގެ ސަލާމަތްތެރިކަން ޔަގީންކޮށްދޭން ނާގާބިލު އަދި ފަރުވާކުޑަ މި ސަރުކާރުން މިވަނީ ނުކުޅެދިފައި ކަމަށާއި އަދު ސަރުކާރުން ވަނި އެކަމުގައި އިހުމާލުވެފައި ކަމުގައި، އިދިކޮޅު ޕާޓީ އެމްޑީޕީން ބުނެފިއެވެ.

މިމަހުގެ 10 ވަނަ ދުވަހުގެ ރޭ. މާލެ އާއި ގަލުފަޅާއި ދެމެދުގައި އަޅާފައި އޮއްވައި އޮޔާގޮސް ސިނަމާލެ ބުރިޖަށް ލައްވި ދެ ތެޔޮޓޭންކަރަކީ، ރާއްޖެއަށް ވަގަށްވަދެ ބަނދަރުކޮށްފައި އޮއްވައި ފެނިގެން ހިފަހައްޓާފައިވާ ދެ ބޯޓެވެ. އެ ދެބޯޓު ރާއްޖެއަކީ، އޭޕްރީލް މަހުގެ 29 ގައެވެ. އަދި އެއީ ވަގަށް ރާއްޖެއަށް ވަދެ ބަނދަރުކޮށްފައިވާ އުޅަނދުތަކެއްކަން އެނގުމުން އެބޯޓުތައް ކަސްޓަމްސްއިން ހިފެހެއްޓީ، މިއަހަރުގެ މެއި މަހުން ފެށިގެންނެވެ.

މިހާދިސާ އާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެމްއެންޑީއެފުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، ދޮޅުމަސް ދުވަހު އެ ދެ ބޯޓު މާލެ ކައިރީގައި އެއް ނަގިލިން ބަންދަރުކޮށްފައި އޮއްވާ ނަގިލި ކަހާލުމަކީ އާދަޔާ ޚިލާފުކަމެއް ނޫން ކަމަށާއި، ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އެ ދެ ބޯޓު އޮވެ މިދަފަ ހާދިސާއެއް ހިނގުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. އަދި ކަންކަން އިސްލާޙުނުކޮށްފިނަމަ، މާދަމާ މިފަދަ އުޅަނދެއް، ނުވަތަ އެހެން އުޅަނދަކަށް މާލޭގެ ތޮށިގަނޑަށް އުރުމަކީ ދުރުކަމެއް ނޫންކަމުގައިވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

އެމްޑީޕީން ބުނީ، ކަމާބެހޭ މުއައްސަސާތަކަށް ނޭނގި އެއްވެސް ހުއްދައެއް ނެތް އުޅަނދުތަކެއް މާލެ ސަރަހައްދަށް ވަދެ ބަނދަރުކުރުމަކީ ދިވެހިރާއްޖޭގެ ކަނޑުމަތީގެ ސަލާމަތާތި ޤައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއް ކަމަށާއި، އެއީ ކަމާގުޅޭ އެންމެހާ މުއައްސަސާތަކާއި އެތަންތަނުގެ ވެރިން ޒިންމާދާރުކުރުވާ ޖަވާބުދާރީކުރަންޖެހޭ ކަމެއް ކަމުގައި އެޕާޓީން ޤަބޫލުކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް