ރާއްޖެ

މާލޭ ޓެކްސީ ލައިންގެ ޚިދުމަތް އިފުތިތާޙްކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މާލޭ ޓެކްސީ ލައިންގެ ޚިދުމަތް އިފުތިތާޙްކޮށްފި

މާލޭ ސަރަޙައްދަށް ކުރިމަތިވެފައިވާ ޓެކްސީގެ ދަތިކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ޓެކްސީ ޚިދުމަތުގެ ތެރެއަށް ވަދެ އެޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި، ރޭ ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި، މި ޚިދުމަތް އިފްތާޙްކޮށް ދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ރެއިން ފެށިގެން، މެދު ނުކެނޑި 24 ގަޑިއިރު ލިބޭނެ ކަމުގައި، ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މާލޭ ޓެކްސީ ލައިންގެ ނަމްބަރަކީ، 1655 އެވެ. މި ޚިދުމަތުގައި ބޭނުންކުރާނީ، ތިމާވެއްޓާ ރަޙުމަތްތެރި، 150 އިލެކްޓްރޯނިކް ވެހިކަލް (އީ.ވީ) އެވެ.

މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ރަސްމީކޮށް އިފުތިތާހުކޮށްދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ، ޓެކްސީ ލައިންގައި ޚިދުމަތްދިނުމަށް ބޭނުންކުރާ ކާރުތައް ބައްލަވާލައްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް