ރާއްޖެ

ކުޑައަންހެން ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކުޑައަންހެން ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ފުލުހުންގެ އިދާރާ --

އުތުރުގެ ރަށެއްހައި އުމުރުން 8 އަހަރުގެ ކުޑައަންހެން ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސް އެމައްސަލަ ބަލަން ފަށާފައިވާ ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އަޕަރ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި އުމުރުން 8 އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ އެ ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބި ކަރާމާތަށް އުނިކަން އަންނާނެފަދަ އަމަލެއް ހިންގި މައްސަލައެއް ހުށައެޅިފައިވާ ކަމަށެވެ. އެމައްސަލަ ހުށައަޅާފައި ވަނީ، މިއަދު 13:10 ހާއިރުގައި ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ކުޑަކުއްޖާ ގަހުގައި ބަނދެފައި ހުއްޓައި ނަގާފައި ހުރި ފޮޓޯ އާއި ވީޑިއޯ ސޯޝަލްމީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، މި މައްސަލައާ ގުޅިގެން، ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ތަހުގީގުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ކުޑަކުދިންނަށް ރައްކާތެރިކަމާއި ޙިމާޔަތް ދިނުމަކީ، މައިންބަފައިންނާއި ބެލެނިވެރިންނާއި ބަލަދުވެރިން އަފދި މުޅި މުޖުތަމަޢުގެ މައްޗަށް ލާޒިމްކޮށްފައިވާ ކަމެކެވެ. އަދި އެއްވެސް ސިފައެއްގައި ކުޑަކުދިންނަށް އަނިޔާވެރިވުމާއި އިހާނާތްތެރިވުމާއި އިހުމާލުވުމާއި، ކުޑަކުދިންގެ ކަރާމަތަށް އުނިކަން އަންނާނެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ކުރުމަކީ، ޤާނޫނުގައި ހަރުކަށި އަދަބުތައް ކަނޑައަޅާފައިވާ ކުށްތަކެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް