Post banner
ރާއްޖެ

ރާމިޒުގެ ހަނދާނުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސްކޫތެއް ގެނެސްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރާމިޒުގެ ހަނދާނުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސްކޫތެއް ގެނެސްފި

މުޙައްމަދު ރާމިޒު ގ. ލިފަދޫ --

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމާއި، އަދި ޤާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެމްބަރުކަންވެސް ކުރެއްވި، މުހައްމަދު ރާމިޒު އަވަހާރަވުމާއި ގުޅިގެން އެމަނިކުފާނުގެ ހަނދާނުގައި، ރައްޔިތުންގެ މަޖިލީހުގެ މިއަދު ގެ ޖަލްސާގައި ސްކޫތެއް ގެނެސްފިއެވެ.

ރާމިޒު އަވަހާރަވީ، އުމުރުފުޅުން 74 އަހަރުފުޅުގައި ހޮނިހިރު ދުވަހު ހެނދުނުގައެވެ.

އަމިއްލަ ވިޔަފާރިވެސް ހިންގެވި ރާމިޒު، ރައްޔިތުންގެ މަޖިލީހުގައި ގއ. އަތޮޅު މެމްބަރުގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ 17 ވަނަ ދައުރާއި ހަމައަށް ހުންނެވިއެވެ.

ރާމިޒު އަވަހާރަވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުންވަނީ އެމަނިކުފާނުގެ އާއިލާއަށް، މަޖިލީހުގެ އިދާރާއާއި މެމްބަރުންގެ ނަމުގައި ތަޢުޒިޔާ ފޮނުއްވާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް