Post banner
ރާއްޖެ

ބާޖެއް ޖެހި ހުޅުމާލެ ލަކުޑި ޖެޓީގެ އުތުރު ފާލަން ހަލާކުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ބާޖެއް ޖެހި ހުޅުމާލެ ލަކުޑި ޖެޓީގެ އުތުރު ފާލަން ހަލާކުވެއްޖެ

ހުޅުމާލެ ލަކުޑި ޖެޓީގެ އުތުރު ޖެޓީ ބަންދުކޮށްފައި -- ފޮޓޯ: ރައްޔިތުންގެ ނޫސް

ހުޅުމާލޭގެ ލަކުޑި ޖެޓީގެ އިތުރު ފަރާތު ޖެޓީގައި ބާޖަކުން ޖެހި ހަލާކުވެއްޖެއެވެ.

މިހާދިސާ އާއި ގުޅިގެން އެ ޖެޓީއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އެޗްޑީސީން މިހާރު ވަނީ އެޖެޓީއަށް އުޅަނދު ފަހަރު ގާތް ކުރުމާއި، އެޖެޓީމައްޗަށް އެރުން މަނާކޮށްފައެވެ. އެޗްޑީސީން ބުނެފައި ވަނީ ޖެޓީއަށް ލިބިފައިވާ ގެއްލުންތަކާއި ގުޅިގެން އެޖެޓީއަށް އަރައިފޭބުމަކީ، ރައްކާތެރިކަމެއް ނޫން ކަމަށެވެ.

އެޗްޑީސީން ވިދާޅުވީ، އެޖެޓީގެ ސަލާމަތީ ރައްކާތެރިކަމާއި ގުޅޭ އެސެސްމެންޓް ހަދައި އަލުން މަރާމާތުކޮށް ހުޅުވައިލެވެންދެން އެތަން ބޭނުން ކުރުން ވަގުތީ ގޮތުން މަނާކޮށްފައި ވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދޭ ކަމުގައިވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

Uploaded image

ހުޅުމާލެއަށް ގާތްކުރާ ފެރީ ލޯންޗުތަކާއި ސަފާރީތަކަށް މީހުން އަރައިފޭބުމަށް އާއްމުގޮތެއްގައި ބޭނުން ކުރަނީ، ލަކުޑިޖެޓީގެ ދެ ފާލަމެވެ. މީގެ ތެރެއިން ދެކުނު ފާލަން މިހާރުވެސް ބޭނުން ކުރުމަށް އޮތީ ހުޅުވާލާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް