ރޭޑިއޯ ސިލޯންއަށް 100 އަހަރު ފުރިއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ

ރޭޑިއޯ ސިލޯންގެ އެންމެ ކުރީގެ އިމާރާތް --- ފޮޓޯ: ރޭޑިއޯ ސިލޯން
ރޭޑިއޯ ސިލޯނަށް މިއަދު 100 އަހަރު ފުރިއްޖެއެވެ.
ރޭޑިއޯ ސިލޯންގެ ބްރޯޑްކާސްޓިންގ ފަށާފައި ވަނީ، 16 ޑިސެމްބަރު 1925 ގައެވެ. ރޭޑިއޯ ސިލޯނަކީ، ދެކުނު އޭޝިއާ އާއި އިރުމަތީ އޭޝިއާގައި އެންމެ ފުރަތަމަ ބްރޯޑްކާސްޓް ކުރަން ފެށި ރޭޑިއޯ ސްޓޭޝަނެވެ، އެ ސްޓޭޝަންގެ އެންމެ ފުރަތަމަ ބްރޯޑްކާސްޓް ކުރިއަށްދިޔައީ ޝޯޓްވޭވް (އެސް.ޑަބްލިޔު)ފްރިކުއެންސީގައެވެ.
ރޭޑިއޯ ސިލޯންގެ މީޑިއަމްވޭވް ބްރޯޑްކާސްޓިން ފެށީ، 1949 ވަނަ އަހަރުގައެވެ. އަދި އެރޭޑިއޯ ސްޓޭޝަން ސްރީލަންކާ ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ދަށަށް ބަދަލު ކުރެވުނީ، 1972 ވަނަ އަހަރުގައެވެ. އަދި 1990 ވަނަ އަހަރާއި ހަމައަށް، 65 އަހަރުވާންދެން، ސްރީލަންކާގައި ހަމައެކަނި ހުރި ރޭޑިއޯ ސްޓޭޝަނަކީވެސް، ސިލޯން ރޭޑިއޯއެވެ. އެހެން ނަމަވެސް، 1990 ވަނަ އަހަރުން ފެށިންގެ ސްރީލަންކާގައި އަމިއްލަ ފަރާތްތަކަށް ރޭޑިއޯ ބްރޯޑްކާސްޓްކުރުމުގެ ހުއްދަ ދިނުމާއި އެކު ސިލޯން ރޭޑިއޯވެސް ނުކުންނަން ޖެހުނީ ވާދަވެރި މާހައުލަކަށެވެ.
ރޭޑިއޯ ސިލޯންވެސް މިހާރު އަންނަނީ، ދުނިޔެއަށް އައި ޓެކްނޮލޮޖީގެ ބަދަލުތަކާއި އެކު އިންޓަރނެޓް މެދުވެރިކޮށް މުޅިދުނިޔެއަށް އަޑު ފޯރުކޮށްދެމުންނެވެ.
މިއަދު 100 އަހަރު ފުރުނު ރޭޑިއޯ ސިލޯނަކީ، ފާއިތުވެ ދިޔަ އެއް ޤަރުނުގެ ތެރޭގައި، ސްރީލަންކާގެ ރައްޔިތުންނަށް އާއްމު މަޢުލޫމާތާއި، ރޭޑިއޯ ތަޢުލީމު ފޯރުކޮށްދިން، ސްރީލަންކާގެ ރައްޔިތުންގެ މުހިއްމު ބައިވެރިއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް