ފަރެސް މާތޮޑާގެ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފަރެސް މާތޮޑާގެ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން -- ފޮޓޯ. މަރިޔަމްގެ ޝަޒުލާ
ފަރެސްމާތޮޑާގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.
އެމްޓީސީސީން މިމަސައްކަތް ފަށާފައި ވަނީ، މިދިޔަ ހޮނިހިރު ދުވަހުގައެވެ.
ފަރެސްމާތޮޑާގެ ބިންހިއްކުމުގެ މަސައްކަތް ސަރުކާރުން، އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ، 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. 18 ހެކްޓަރުގެ ބިން ހިއްކުމަށް އެމްޓީސީސީއާ މަސައްކަތް ހަވާލުކޮށްފައި ވަނީ، 142.6 މިލިއަން ރުފިޔާއަށެވެ.
ފަރެހާ މާތޮޑާއަކީ ކުރިން އިދާރީ ވަކި ދެރަށުގެ ގޮތުގައި އޮތް ދެރަށް ނަމަވެސް އެދެރަށަކީ، އިދާރީގޮތުން އެއްރަށެއްގެ ގޮތުގައި ހަމަޖައްސާފައި ވަނީ، ރައީސް މައުމޫނުގެ ވެރިކަމުގެ ދުވަސްވަރުގައެވެ.
ފަރެސްމާތޮޑާގެ ބިން ހިއްކުމުގެ މަސައްކަތަކީ، އެރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ގޯތި ގެދޮރުގެ މައްސަލަ ހައްލު ކުރުމަށް ހިންގާ މަޝްރޫޢެކެވެ.
ޚަބަރު ލިޔުނީ: ރާފިޢާ ޝަރީފް - ރަށު ރިޕޯޓަރ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް