ނޫނު އަދި ޅަވިޔަނި އަތޮޅުގެ ފައިނަލް މިރޭ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެންޕިއަންޝިޕްގެ ނޫނު އަދި ޅަވިޔަނި އަތޮޅު ފައިނަލް މިރޭ އޮންނާނެއެވެ.
ނޫނު އަތޮޅުން ހަތަރު ޓީމު ވާދަކުރިއިރު، މަނަދޫ ޓީމުން ދެމޮޅާއި އެކު މަގޫދޫ މެޗުން ބަލިވެ 6 ޕޮއިންޓާއި ފައިދާ 2 ގޯލާއިއެކީ ޓޭބަލްގެ 1 ވަނަ ޓީމުގެ ގޮތުގައި ފައިނަލްގެ ޖާގަހޯދިއިރު، މާފަރު އަތުން ބަލިވި ނަމަވެސް މަގޫދޫއިން 2 ވަނަ ޖާގަކަށަވަރުކުރީ 6 ޕޮއިންޓާއިއެކުގައެވެ.
މާފަރު ޓީމުން މުބާރާތާއި ވަކިވީ 4 ޕޮއިންޓާއި އެކު އަދި ޅޮހީ ޓީމުން މުބާރާތުން ވަކިވާން ޖެހުނީ، އެއްވެސް މޮޅެއް ނުލިބި 1 ޕޮއިންޓާއިއެކުގައެވެ.
ނޫނު އަތޮޅު ފައިނަލް މެޗު މަނަދޫގައި މިރޭ ކުޅޭއިރު، ޅ އަތޮޅުގެ ފައިނަލް މެޗް މިރޭ ހިންނަވަރުގައި ކުޅޭނެެއެވެ. ޅ. އަތޮޅުން ނައިފަރު އަދި ހިންނަވަރު ވެސް ވަނީ ޒޯން ބުރަށް ކޮލިފައިވެފައެވެ. ޅ އަތޮޅުން ބައިވެެރިވެފައި ވަނީ ވެސް މިދެޓީމެވެ.
ރ އަތޮޅު ޗެންޕިއަނުންގެ ގޮތުގައި ދުވާފަރު އަދި ރަނަރއަޕް އިނގުރައިދޫ، ބ އަތޮޅުގެ ޗެންޕިއަން އޭދަފުށި އަދި ރަނަރއަޕް ތުޅާދޫ، ނ އަދި ޅ އިން މަނަދޫ މަގޫދޫ ނައިފަރު އަދި ހިންނަވަރަށް ވެސް މިވަނީ ޒޯން ބުރުގެ ޖާގަލިބިފައެވެ. ޒޯން ބުރުގައި ޓީމުތައް ވާދަކުރަންޖެހޭ ޓީމުތައް ކަށަވަރުވާނީ މިރޭގެ މެޗުތަކަށް ފަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް