ބޭންކް އޮފް މޯލްޑިވްސްއިން އަޅާ ފްލެޓްތަކުގެ މަސައްކަތް ދެކުންފުންޏަކާއި ހަވާލުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ބީއެމްއެލްއިން އަޅާ ފްލެޓްތަކުގެ މަސައްކަތް ހަވާލުކުރުން -- ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސްގެ ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ އަޅާ 2000 ފްލެޓްގެ މަސައްކަތް ބޭރުގެ ދެކުންފުންޏަކާއި އިއްޔެ ހަވާލުކޮށްފިއެވެ.
ހުޅުމާލޭގައި އަލަށް އިމާރާތްކުރާ އެފޯޑަބަލް ހައުސިންގ ޔުނިޓްތަކުގެ އިމާރާތްކުރުމުގެ ދެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ، ޗައިނާގެ ދެ ކުންފުންޏަކާއެވެ. އެއީ ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި ޗައިނާ މެޝިނަރީ އިންޖީނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އެވެ. މިދެ ކުންފުންޏަކީ މިހާރުވެސް ރާއްޖޭގައި އުމުރާނީ ތަރައްޤީގެ މަސައްކަތްތައް ކުރަމުން އަންނަ ދެ ކުންފުންޏެވެ.
ބީއެމްއެލްއިން ހާމަކުރައްވާފައިވާ ގޮތުގައި، ބީޔޫސީޖީއާ ހަވާލުކޮށްފައި ވަނީ ހުޅުމާލޭ ފޭސް 2ގެ ޖުމްލަ 13475 އަކަފޫޓުގެ ސަރަހައްދެއްގެ ހަތަރު ބިމެއްގައި 1117 ހައުސިން ޔުނިޓު ތަރައްގީކުރުމަށެވެ.
ސީއެމްއީސީ އާއި ހަވާލުކޮށްފައި ވަނީ ހުޅުމާލެ ފޭސް 1 ގައި 1224 ހައުސިންގ ޔުނިޓް އެޅުމަށެވެ.
ބީއެމްއެލްގެ ސްޕޯކްސް ޕަރސަން، މުޙައްމަދު ސަޢީދު ވިދާޅުވީ، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގ ކުންފުނިން މިއަދު މަސައްކަތް ހަވާލުކުރި ހައުސިން ޔުނިޓްގެ އިތުރުން ދިވެހި ކޮންސްޓްރަކްޝަން ކުންފުނިތަކަށް އިތުރު ހައުސިންގ ޔުނިޓްގެ މަސައްކަތް ހަވާލުކުރުމަށްވަނީ ނިންމާފައި ކަމަށެވެ. އެއާއެކު ޖުމުލަ 3000 އަށް ވުރެ ގިނަ ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް މިއަންނަ ޖަނަވަރީ މަހު ފެށޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް