Post banner
ރާއްޖެ

ރައީސް ވިދާޅުވީ މޮރިޝަސްއަށްވުރެ ދިވެހިރާއްޖެއަށް ފޯޅަވަހި ލިބުން ހައްޤުކަމަށް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ރައީސް ވިދާޅުވީ މޮރިޝަސްއަށްވުރެ ދިވެހިރާއްޖެއަށް ފޯޅަވަހި ލިބުން ހައްޤުކަމަށް

ފޯޅަވަހި އަތޮޅު

ފޯޅަވަހި ނުވަތަ ޗާގޯސްގެ ޖަޒީރާތަކުގެ ހައްޤު އޮތީ، މޮރިޝަސްއަށް ވުރެ ބޮޑަށް ދިވެހި ރާއްޖެއަށް ކަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އިނގިރޭސި ވިލާތުގެ "އެކްސްޕްރެސް" ނޫހަށް ދެއްވި ބަސްދީ ގަތުމުގައެވެ.

މިބަސްދީގަތުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މޮރިޝަސްއަށް ވުރެ ބޮޑަށް ޗާގޯސްގެ ރަށްތައް ދިވެހިރާއްޖެއަށް ލިބެންޖެހޭ ގިނަ ސަބަބުތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ތާރިޚީގޮތުންނާއި ޖޯގްރަފީ ގޮތުން ދިވެހިރާއްޖެއާއި ފޯޅަވައްސާއި ދެމެދު އޮތް ގުޅުންތައް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ ކުރިންވެސް އެމައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުތަކުގައި ވަނީ އެކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމައްސަލައިގައި ރާއްޖެއިން ވަކާލާތު ކުރާ ކަންކަމާއި، ރާއްޖޭގެ ކަންބޮޑުވުންތައް އިނގިރޭސި ސަރުކާރާއި ޙިއްސާކުރައްވާފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފެންނާން ހުރި ލިޔެކިޔުންތަކަށް ބަލާއިރުވެސް އެހެން އެއްވެސް ޤައުމަކަށް ވުރެ ބޮޑަށް ޗާގޯސްގެ ޖަޒީރާތަކުގެ މައްޗަށް ދަޢުވާކުރުމުގެ ހައްޤު ރާއްޖެއަށް އޮތް ކަމުގައި އެމަނިކުފާނު ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް