Post banner
ވިކުރާ

އީކޮމާސް ވެބްސައިޓްތަކުން ވިޔަފާރިކުރުމަށް ދޫކުރުމަށް ކަނޑައަޅާފައިވާ ޑޮލަރުގެ އަދަދު ދަށްކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އީކޮމާސް ވެބްސައިޓްތަކުން ވިޔަފާރިކުރުމަށް ދޫކުރުމަށް ކަނޑައަޅާފައިވާ ޑޮލަރުގެ އަދަދު ދަށްކޮށްފި

ބީއެމްއެލްގެ ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އީ-ކޮމާސް މުއާމަލާތްތައް ކުރުމަށްޓަކައި، ދޫކުރާ ޖުމުލަ އަދަދު ކޮންމެ މަހަކު 16 މިލިއަން ޑޮލަރަށް ބީއެމްއެލްއިން ދަށްކޮށްފިއެވެ،

މިކަން ހާމަކޮށް ބީއެމްްއެލްއިން ބަޔާނެއް ނެރެފައި ވާއިރު، މިއީ މީގެ ކުރިން މަހެއްގެ މައްޗަށް، ރުފިޔާ ކާޑުތަކުން ކުރާ މުޢާމަލާތްތަކަށް ބޭންކުން ދޫކުރަމުން އައި ޑޮލަރުގެ އަދަދަށް ވުރެ ދެގުނަ ދަށް އަދަދެކެވެ. މި ދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހު، ބީއެމްއެލްއިން ބުނެފައި ވަނީ، ދިވެހި ރުފިޔާ އެކައުންޓާ ގުޅުފައިވާ ކާޑުތަކުން ކުރާ މުއާމަލާތްތަކަށް އެކަނިވެސް މިހާރު މަހަކު 38 މިލިއަން ޑޮލަރު ވިއްކަމުން އަންނަ ކަމަށެވެ. އެހެންކަމުން، ރުފިޔާކާޑުތަކުން ކުރެވޭ މުއާމަލާތްތަކަށް، މަހެއްގެ މައްޗަށް 16 މިލިއަން ޑޮލަރު ކަނޑައެޅުމަކީ، ޑޮލަރުގެ މުއާމަލާތްތަކަށް އޮތް ޑިމާންޑު އިތުރަށް ބޮޑުވެގެންދާނެ ކަމެކެވެ.

ބީއެމްއެލްއިން އިއްޔެ ބުނެފައި ވަނީ، ރާއްޖެއިން ބޭރުން ތަކެތި ގަތުމަށާއި ޚިދުމަތްތަކަށް ފައިސާދެއްކުމަށްޓަކައި ޑެބިޓް އަދި ކްރެޑިޓް ކާޑުން ކުރެވޭ މުއާމަލާތްތަކަށް ބޭނުންވާ ބޭރު ފައިސާގެ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުން ދާއިރު، މީގެތެރެއިން ވެސް އީ-ކޮމާސް ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާގެ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. މި މިންވަރު މިހާރުވަނީ ބޭންކަށް އެކި ވަސީލަތްތަކުން ލިބެން ހުރި ޑޮލަރުގެ މިންވަރަށްވުރެ އިތުރުވެފައި ކަމަށާއި، ބޭރު ފައިސާއަށް އޮތް މި ޑިމާންޑުގެ ސަބަބުން ބޭންކުގެ ބޭރު ފައިސާގެ ތަނަވަސްކަމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ބޭންކުން ފޯރުކޮށްދޭ އެހެނިހެން ޒަރޫރީ ހިދުމަތްތަކުގެ އިތުރުން ޓެލެގްރަފިކް ޓްރާންސްފަރ (ޓީ.ޓީ) ހެދުމަށްވެސް ވަނީ ދަތިވެފައި ކަމުގައި ބީއެމްއެލްއިން ބުނެފައިވެއެވެ. މީގެ ސަބަބުން މި ޚިދުމަތްތައް ލިބުމުގައި ލަސްތަކެއް ދިމާވެ، ކަސްޓަމަރުންގެ ޝަކުވާތައް ވެސް ވަނީ އިތުރުވެފައި ކަމުގައިވެސް ބީއެމްއެލްއިން ހާމަކޮށްފައި ވެއެވެ.

ބޭންކުގެ ބޭރު ފައިސާގެ ރިޒާވް ޒިންމާދާރުކަމާއެކު ބެލެހެއްޓުމަށާއި، ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދަލާއި ޚިދުމަތްތައް މެދުނުކެނޑި ލިބޭނެ މަގު ފަހިކުރުމަށްޓަކައި، ބޭރުގެ އޮންލައިން ވިޔަފާރި ޕްލެޓްފޯމްތަކުގައި ރުފިޔާ ކާޑުން ދުވާލަކަށް ބޭނުންކުރެވޭނެ ލިމިޓްތަކެއް މިހާރު ވަނީ ކަނޑައަޅައި އިއުލާންކޮށްފައި ކަމުގައިވެސް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް