އަންވަރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޟިރުކުރަން ބޭނުންވެގެން ހޯދަނީ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެމްޑީޕީގެ ހަރަކާތްތަކުގައި އިސް ސަފުން ފެންނަ، ކ. އާގެ، ތ. ތިމަރަފުށި، އަންވަރު އިބްރާހީމް ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށްޓަކައި އޭނާ ހޯދަން ފުލުހުން އާއްމު އިޢުލާނެއް ކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ކުރި އިޢުލާނުގައި ބުނެފައި ވަނީ، އަންވަރު އިބްރާހީމް ހޯދަމުންދަނީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2026 ޖުލައި 13 ވަނަ ދުވަހު ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ސިވިލްކޯޓުން ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.
އަންވަރު އިބްރާހީމާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދޭ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް