ދަރިންނަށް ޚަރަދު ނުދޭތީ ބައްޕަޔަކު ޖަލަށް ލައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ނ. ލަންދޫ މެޖިސްޓްރޭޓް ކޯޓު --
އުފަން ދަރިންނަށް ޚަރަދު ނުދޭ މައްސަލައެއްގައި ބައްޕަޔަކު ޖަލަށް ލައިފިއެވެ.
ޖަލަށް ލާފައި ވަނީ، ކ. ކާށިދޫ، ހެޕީނައިޓް އަޙްމަދު އަންވަރެވެ. އޭނާ ޖަލަށް ލުމަށް ޙުކުމްކޮށްފައި ވަނީ، ނ. ލަންދޫ މެޖިސްޓްރޭޓް ކޯޓުންނެވެ. އެކޯޓުން ހާމަކޮށްފައިވާ ގޮތުގައި، އަޙްމަދު އަންވަރު ޖަލަށް ލާފައި ވަނީ 2 މަސް ދުވަހަށެވެ.
އޭނާ ޖަލަށް ލާފައި ވަނީ ޚަރަދު ނުދޭ މައްސަލައިގައި ތަންފީޒީ ފިޔަވަޅެއްގެ ގޮތުން ކަމަށާއި، އޭނާގެ މައުލޫމާތު އާއްމުކޮށްފައި ވަނީ، އާއިލާ އާއި ބެހޭ ޤަވާއިދުގެ 55 ވަނަ މާއްދާގެ 55 މާއްދާގެ (ކ)ގެ 5ވަނަ ނަމްބަރަަށް ރިޢާޔަތްކޮށް ކަމުގައިވެސް ކޯޓުން ހާމަކޮށްފައި ވެއެވެ.
އާއިލާތައް ރޫޅުމަށް ފަހުގައި ދަރިންނަށް ޚަރަދު ނުދޭ މައްސަލަތަކުގައި، ރާއްޖޭގެ އާއިލާ އާއި ބެހޭ ޤާނޫނުގެ ދަށުން ހަރުކަށި ފިޔަވަޅުތައް އަޅައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް