ވެނެޒުއޭލާއިން މަރުވި މީހުންގެ އަދަދު 235އަށް އަރައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ބިންހެލުމާއި ގުޅިގެން ވެއްޓުނު އިމާރާތެއްގެ ދަށުން މީހުން ހޯދުމުގެ މަސައްކަތް ކުރަނީ ---
އިއްޔެ ވެނެޒުއޭލާއަށް އައި ބާރުގަ ބިން ހެލުމުގައި މަރުވި މީހުންގެ އަދަދު 235އަށް އަރާފައިވާ ކަމުގައި ވެނެޒުއޭލާގެ ރަސްމީ ފަރާތްތަކުން ހާމަކޮށްފިއެވެ.
ބިންހެލުމާއި ގުޅިގެން ޒަޚަމްވި މީހުންގެ އަަދު ވަނީ 4300އަށް މަތިވެފައެވެ.
އެއް މިނިޓްގެ ތެރޭގައި އިއްޔެ ވެނެޒުއޭލާއަށް ރިކްޓަރ މިންގަނޑުން 7.2 އާއި 7.6 ގެ ދެބިންހެލުން އައެވެ. ބިންހެލުމާއި ގުޅިގެން ވެނެޒުއޭލާގެ ވެރިރަށް ކަރަކަސްގެ ގިނަ އިމާރާތްތަކެއް މުޅިން ބިމާހަމަވިއެވެ. ސިވިލް ޑިފެންސް ޓީމުތަކުން މީޙުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު ވެއްޓުނު އިމާރާތްތަކުގެ ދަށުން ދިރިތިއްބައި ބައެއް މީހުން ވަނީ ސަލާމަތްކޮށްފައެވެ.
ބިންހެލުމާއި ގުޅިގެން މީހުން ސަލާމަތްކުރުމުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވުމަށް އެމެރިކާގެ ރެސްކިއުޓީމްތަކުންވެސް މިހާރު ވަނީ ވެނެޒުއޭލާއަށް ގޮސްފައެވެ. އަދި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީފޯރުކޮށްދިނުމުގައިވެސް އެމެރިކާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސަރވޭއިން ހާމަކޮށްފައިވާ ގޮތުގައި ބާރުގަދަ ދެ ބިންހެލުމާއި ގުޅިގެން ވެނެޒުއޭލާއިން މަރުވި މީހުންގެ އަދަދު މަދުވެގެނެް 10،000އަށް އަރާނެވެ. އަދި އެއަދަދު އެއްލައްކައަށް މަތިވެދާނެ ކަމުގައިވެސް ލަފާކޮށްފައި ވެއެވެ.
ނުރަސްމީ ރިޕޯޓްތައް ބުނާގޮތުގައި ބިންހެލުމަށްފަހު، ވީގޮތެއް ނޭނގި ގެއްލިފައިވާ ކަމަށް ރިޕޯޓްކުރި މީހުންގެ އަދަދު 30،000އަށް އަރައެވެ. އެހެންކަމުން ވެއްޓުނު އިމާރާތްތަކުގެ ދަށުގައި އެތައްހާސް ބަޔަކު ތިބޭނެކަމަށް ބެލެވިފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް