ފިއުލް ސަޕްލައި އިން އަމިއްލަ ކުންފުނިތަކަށް ތެޔޮ ވިއްކާއަގު ދެގުނަ ބޮޑުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފިއުލް ސަޕްލައިގެ ހުޅުމާލެ ޕެޓްރޯލް ޝެޑް ---
ސަރުކާރުގެ ތެޔޮ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސްއިން އަމިއްލަ ކުންފުނިތަަކށް ތެޔޮވިއްކާ އަގު ގާތްގަނޑަކަށް ދެގުނަ ބޮޑުކޮށްފިއެެވެ.
ފިއުލް ސަޕްލައި އިން މިއަދު ވަނީ އެކުންފުނިން އާއްމުކޮށް ތެޔޮގަންނަ ކުންފުނިޔަށް އީމެއިލްގެ ޒަރިއްޔާއިން އެކަން އަންގާފައެވެ. އެފްއެސްއެމްއިން ކުންފުނިތަކަށް ފޮނުވާފައިވާ އީމެއިލްގައި ބުނެފައި ވަނީ، އެކުންފުނިން މިއަދުން ފެށިގެން ތެޔޮ ވިއްކާނީ، ޑީސަލް ލީޓަރެއް 28 ރުފިޔާ 32 ލާރިއަށް ކަމަށާއި، އަދި ޕެޓްރޯލް ލީޓަރެއް ވިއްކާނީ، 27 ރުފިޔާ 13 ލާރިއަށް ކަމަށެވެ.
މިއީ ކުރިން ތެޔޮ ވިއްކަމުން އައި އަގަށް ބަލާއިރު ދެގުނަ އަގު ބޮޑުވުމެވެ.
މިއާއެކު އެެންމެ ބޮޑު ލޮޅުމެއް އަންނާނީ، އަތޮޅުތަކަށް ދަތުރުކުރާ ފެރީތަކުގެ ޓިކެޓް އަގުތަކަށެވެ. ހަނގުރާމަ ފެށުނު ފަހުން ފިއުލް ސަޕްލައި އިންވިއްކާ ތެލުގެ އަގު ބޮޑު ކުރުމާއެކު އަތޮޅުތަކަށް ދަތުރުކުރާ ލޯންޗުތަކުގެ ފެރީ ޓިކެޓްތައް %20 އުފުލުނެވެ.
މީގެ އިތުރުން ވައިގެ ދަތުރުފަތުރުގެ ޓިކެޓްގެ އަގުތައްވެސް މިހާރު ވަނީ ބޮޑުކުރަން ފަށާފައެވެ.
ފިއުލް ސަޕްލައިއިން އަމިއްލަ ކުންފުނިތަކަށް ތެޔޮވިއްކާ އަގު ބޮޑުކޮށްފައި މިވަނީ ޢީދު ބަންދަށް ވަރަށް ގިނަ ބަޔަކު މާލެއިން އަތޮޅުތަކަށް އަދި އަތޮޅުތަކުން މާލެއަށް ދަތުރުކުރުމަށް ތައްޔާރު ވެފައި ވަނިކޮށެވެ.
މިއަދު ތެޔޮވިއްކާ އަގު ބޮޑު ކުރިނަމަވެސް ޝެޑްތަކުން ތެޔޮވިއްކާއަގު އަދި ބޮޑުކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް