ފުރަންގޮސް ތިއްބައި މޯލްޑިވިއަންއިން ބައެއްގެ ޓިކެޓް ކެންސަލްކުރިކަމުގެ ޝަކުވާއެއް
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މޯލްޑިވިއަންގެ އޭޓީއާރް މަރުކާގެ މަތިންދާ ބޯޓެއް ރަންވޭގައި -- ފޮޓޯ: މޯލްޑިވިއަން
ކޮންފަރމް ޓިކެޓަކަށް ފުރާގަޑިއަށް އެއާޕޯޓަށް ގޮސްތިބި ބައެއްގެ ޓިކެޓް ކެންސަލްކުރިކަމަށް ބުނެ މީހަކު ޝަކުވާކޮށްފިއެވެ.
ސޯޝަލް މީޑިއާގައި އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި ވަނީ، އެންވަރަމަންޓް މިނިސްޓްރީގައި ކުރިން ޑެޕިއުޓީ މިނިސްޓަރެއްގެ ވަޒީފާ އަދާކުރައްވާފައިވާ ޝަހީދާއެވެ.
ޝަހީދާކޮށްފައިވާ ޕޯސްޓްގައި ބުނެފައި ވަނީ އޭނާގެ މައިންބަފައިންނަށް ނަގާފައިވާ މާލެއިން ކައްދޫއަށް ދިޔުމަށް ނަގާފައިވާ ޓިކެޓްއޮތީ އެހެން ތާރީޚަކަށް ކަމުގައި ބުނެ ފުރަންގޮސް ތިއްބައި ޓިކެޓް ކެންސަލްކޮށްފައިވާ ކަމަށެވެ. އެޝަކުވާ އާއި އެކު އޭނާ ވަނީ، އޮންލައިން ޓިކެޓްވެސް ޕޯސްޓްކޮށްފައެވެ. ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ނަގާފައިވާ އެޓިކެޓުގައި ތާރީޚަކަށް އޮތީ މިއަދެވެ. އަދި ފުރާގަޑީގެ ގޮތުގައި އޮތީ 18:00އެވެ.
ޝަހީދާ ތުހުމަތުކޮށްފައިވާ ގޮތުގައި، ކޮންފަރމް ޓިކެޓެއް މޯލްޑިވިއަނުން އަތުލާފައި ވަނީ އެޝީޓު މޯލްޑިވިއަންގެ މުވައްޒަފުން ބޭނުންވާ އެހެން ބަޔަކަށް ދިނުމަށެވެ.
މިޝަކުވާ ޝަހީދާކޮށްފައި ވަނީ ސޯޝަލްމީޑިއާގައި މޯލްޑިވިއަން ޓެގްކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް