ރާއްޖެ

ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ ޓިކެޓް ސޯބެއަށް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ ޓިކެޓް ސޯބެއަށް

ޢަބްދުﷲ ޞާދިޤު (ސޯބެ) --

ރައްޔިތުންގެ މަޖިލިސްއިން ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ އެމްޑީޕީގެ ޕްރައިމަރީއަށް ހުޅުވާލުމުން ކުރިމަތިލީ، އައްޑޫ ސިޓީގެ ކުރީގެ މޭޔަރު، ޢަބްދުﷲ ޞާދިޤު (ސޯބެ) އެކަނިކަމަށް ވާތީ، ސޯބެއަށް ޓިކެޓް ދިންކަން އެމްޑީޕީން އިއުލާނުކޮށްފިއެވެ.

ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވީ އެގޮނޑިފުރުއްވަމުން ގެންދެވި ޝިނާންގެ ސާބިތު ދަރަންޏެއްގެ މައްސަލައިގައި އޭނާގެ ގޮނޑި ގެއްލިފައިވާ ކަމަށް، ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުން ކަނޑައަޅައި ޙުކުމްކުރުމާއި ގުޅިގެންނެވެ.

ސޯބެ އެ ގޮނޑިއަށް ވާދަކުރައްވާނެކަން އިޢުލާނު ކުރެއްވި ހިސާބުންފެށިގެންވެސް އެމްޑީޕީގެ އިސްސަފުގައި ތިއްބެވި ބޭފުޅުންނާއި އާއްމު މެމްބަރުންވެސް ގެންދަނީ ސޯބެއަށް ތާޢީދުކުރާކަން ހާމަކުރަމުންނެވެ.

ޢަބްދުﷲ ޞާދިޤު (ސޯބެ) އައްޑޫ ސިޓީގެ މޭޔަރުގެ މަޤާމު 3 ދައުރު ފުރުއްވާފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް