މި އަހަރުގެ ތެރޭގައި 3ވަނަ ފަހަރަށް ރައީސް ސިންގަޕޫރަށް ވަޑައިގެންފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިއަހަރު ސިންގަޕޫރަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ފުރާވަޑައިގަތުން -- ފައިލްފޮޓޯ: ރައީސް އޮފީސް
ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ސިންގަޕޫރަށް ވަޑައިގެންފިއެވެ.
ރައީސްގެ ދެކަނބަލުންގެ މިދަތުރުފުޅަކީ، އަމިއްލަ ދަތުރުފުޅަކަށްވާތީ، އެދަތުރުފުޅާއި ގުޅޭ މައުލޫމާތެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައެއް ނުވެއެވެ.
ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ މުޙައްމަދު މުޢިއްޒު މިހާތަނަށް ވަނީ 6 ފަހަރަށް ސިންގަޕޫރަށް ވަޑައިގެންފައެވެ. އޭގެ ތެރެއިން 5 ދަތުރުފުޅަކީ، ނުރަސްމީ ދަތުރުފުޅުތަކެވެ. މިއަހަރުވެސް އެމަނިކުފާނު ވަނީ، ތިންފަހަރު ސިންގަޕޫރަށް ވަޑައިގެންފައެވެ. މިދިޔަ އަހަރުވެސް 3 ފަހަރު އެމަނިކުފާނު ސިންގަޕޫރަށް ވަޑައިގެންނެވިއެވެ. އެންމެ ފަހުން އެމަނިކުފާނު ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންނެވީ މިއަހަރުގެ އޮގަސްޓުމަހުގެ ފުރަތަމަ ހަފްތާގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް