ޢުލޫމުލް ޤުރުއާންގެ ގޮފިތައް މާލޭގެ 4 އަވަށުގައި ހުޅުވައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ޢުލޫމުލް ޤުރުއާންގެ 4 ވަނަ ގޮފި -- ފޮޓޯ: ރައްޔިތުންގެ ނޫސް
ޢުލޫމުލް ޤުރުއާންގެ 4 ވަނަ ގޮފި ހެންވޭރުގައި މިހާރު ވަނީ ހުޅުވާފައެވެ.
ޢުލޫމުލް ޤުރުއާން 4 ހުޅުވާފައި ވަނީ، މަޖީދީ މަގުގައި ހީނާމާގޭ ޕާކިންގެ ފުރަގަހުން އޮންނަ ގޯޅީގައެވެ. ހީނާމާގޭ ޕާކިންގެ އިރުމަތިން އޮންނަ އަބަދަށް އުފާމަގަކީ، މާލޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާ ހިނގިމަގެވެ. ޢުލޫމުލް ޤުރުއާންގެ 4 ވަނަ ގޮފި ހުންނާނީ، ހީނާމާގޭ ޕާކިންގެ އިރުން އަބަދަށް ފެހި މަގުން އުތުރަށްދާއިރު، ވާތް ފަރާތުން ފުރަތަމަޖެހޭ ސަމުންދު ގޯޅީގައެވެ.
ޢުލޫމުލް ޤުރުއާންގެ 4 ވަނަ ގޮފީގައިވެސް، ނާސަރީ އުމުރުގެ ކުދިންނާއި، ސްކޫލުތަކުގައި ކިޔަވާ އެކި އުމުރުފުރާގެ ކުދިންނަށް ޤުރުޢާން ކިޔަވައިދެއެވެ. ޢުލޫމުލް ޤުރުއާންގެ ކުލާސްތަކުގައި ކިޔަވާ ކުދިންނަށް، ޤުރުޢާާން ކިޔަވައިދިނުމުގެ އިތުރުން، ޤުރުއާން މުބާރާތްތަކާއި، ދީނީގޮތުން ދަރިންނަށް ދަސްކޮށްދޭންޖެހޭ އެހެނިހެން މުހިއްމު ކަންކަން ދަސްކޮށްދިނުމަށްވެސް ތަފާތު އެކި ހަރަކާތްތައް ހިންގައެވެ.
ޢުލޫމުލް ޤުރުއާންގެ ގޮފިތައް މިހާރު މާލޭގެ 4 އަވަށުގައިވެސް ވަނީ ޤާއިމްކޮށްފައެވެ. މިގޮތުން، މައްޗަންގޮޅި، މާފަންނު އަދި ގަލޮޅުގައިވެސް ގޮފިތައް ވަނީ ޤާއިމްކޮށްފައެވެ. އެންމެ ފަހުން ޢުލޫމުލްޤުރުއާންގެ 4 ވަނަ ގޮފި ހުޅުވާފައި މިވަނީ، ހެންވޭރުގައެވެ. ޢުލޫމުލްޤުރުއާންގެ ކްލާސްތަކުގައި ކުދިން ރަޖިސްޓްރީކުރުމަށް ގުޅުއްވާނީ، 9940142އަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް