ގުރުއަތުނަގައި ކެންޑިޑޭޓް ނަމްބަރު ތަރުތީބުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މާލޭގެ މޭޔަރުކަމުގެ މަޤާމަށް ވާދަކުރައްވާ މިހާރުގެ މޭޔަރު އާދަމް އާޒިމް ---
ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނަގައި ކެންޑިޑޭޓް ނަމްބަރު ތަރުތީބުކޮށްފިއެވެ.
ކެންޑިޑޭޓުންގެ މެދުގައި ގުރުއަތުން ނެގުން ބާއްވާފައި ވަނީ، މިއަދު ހެނދުނު 10:00 އިން ފެށިގެންނެވެ. މިގޮތުން އަތޮޅުތަކާއި މާލޭގައިވެސް ވަނީ އެއް ވަގުތެއްގައި ގުރުއަތުލުން ކުރިޔަށް ގެންގޮސްފައެވެ.
މިއިންތިޚާބުގައި އެންމެ ވާދަވެރިކަން ބޮޑީ މާލޭ ސިޓީގެ މޭޔަރު ހޮވުމުގެ އިންތިޚާބުގައެވެ. މާލޭ ސިޓީގެ މޭޔަރުކަމަށް 5 ބޭފުޅަކު ވާދަކުރައްވައެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރައްވާ ދެ ކެންޑިޑޭޓުންނާއި ތިންޕާޓީއަކުން ވާދަކުރާ ކެންޑިޑޭޓުންނެވެ.
މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެނޑިޑޭޓުން.
ކެންޑިޑޭޓް ނަމްބަރު 1: އަހްމަދު އައިހަމް (އަމިއްލަގޮތުން)
ކެންޑިޑޭޓް ނަމްބަރު 2: އިސްމާއިލް ޒަރިޔަންދު (އަމިއްލަގޮތުން)
ކެންޑިޑޭޓް ނަމްބަރު 3: އާދަމް އާޒިމް (އެމްޑީޕީ)
ކެންޑިޑޭޓް ނަމްބަރު 4: މޫސާ އަލީ ޖަލީލު (ޕީއެންސީ)
ކެންޑިޑޭޓް ނަމްބަރު 5: އަބްދުﷲ މަހްޒޫމް މާޖިދު (އެމްޑީއޭ)
ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ވޯޓުލުން އޮންނާނީ އޭޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް