classified
ރާއްޖެ

މިއީ މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ރައީސް ނަޝީދަށް ދައުވަތު ނުލިބޭ ފުރަތަމަ ފަހަރު

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މިއީ މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ރައީސް ނަޝީދަށް ދައުވަތު ނުލިބޭ ފުރަތަމަ ފަހަރު

ކުރީގެ ރައީސް މުޙައްމަދު ނަޝީދު ---

މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ދައުވަތު ނުލިބޭތީ، ރައީސް ނަޝީދު އެކަން ފާހަގަކުރައްވައިފިއެވެ.

ރައީސް ނަޝީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމަނިކުފާނުގެ ސްކޫލު ދައުރުއްސުރެ ކޮންމެ އަހަރަކުވެސް، މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ދަޢުވަތު ލިބިވަޑައިގަންނަވާ ކަމަށެވެ. ޖަލުގައި އޮންނެވި އިރުވެސް، މިނިވަން ދުވަހުގެ ރަސްމިއްޔާތަށް އެމަނިކުފާނަށް ސަރުކާރުން ދައުވަތު ފޮނުއްވާފައިވާ ކަމަށާއި، މިއީ އެމަނިކުފާނަށް މިނިވަން ދުވަހުގެ ރަސްމިއްޔާތަށް ދައުވަތު ނުލިބުނު ފުރަތަމަ އަހަރު ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، މީގެ ކުރިން 2024 ވަނަ އަހަރާއި 2025 ވަނަ އަހަރުގެ މިނިވަން ދުވަހުގެ ޖަލްސާއަށްވެސް ރައީސް ނަޝީދަށް ދައުވަތު ފޮނުއްވިއެވެ.

ރައީސް ނަޝީދަކީ، މިނިވަން ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯއްދަވައި ދެއްވުމުގައި، އަދި ރާއްޖޭގެ މަލްޓިޕާޓީ ޑިމޮކްރަސީ ގެނައުމުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ރައީސް ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި، ދިވެހިރާއްޖެ މިއަދު މިދެކޭ ފިކުރީ މިނިވަންކަމަކީ، ރައީސް ނަޝީދު ހޯއްދަވައި ދެއްވި މިނިވަންކަމެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް