Post banner
ރާއްޖެ

ޝަހީދު ޢަލީ ސްކޫލު މާދަމާ ހުޅުވަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ޝަހީދު ޢަލީ ސްކޫލު މާދަމާ ހުޅުވަނީ

ޝަހީދު ޢަލީ ސްކޫލުގެ ފަރުނީޗަރުތައް ރޭވުމުގެ މަސައްކަތުގެ ތެރެއިން --- ފޮޓޯ: އެޗްޑީސީ

ދިރާސީ އައު އަހަރުގެ ކިޔެވުން މާދަމާ ފެށޭއިރު، ހުޅުމާލެ ފޭސް 2 ގައި އަލަށް ޢިމާރާތްކުރި ޝަހީދު ޢަލީ ސްކޫލުވެސް މާދަމާ ރަސްމީކޮށް ހުޅުވާނެ ކަމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހާމަކުރައްވައިފިއެވެ.

މާދަމަ ހުޅުވާ، ޝަހީދު ޢަލީ ސްކޫލަކީ، މިހާތަނަށް ހުޅުމާލެ ފޭސް 2ގައި ޢިމާރާތްކޮށްފައިވާ ދާއިިމީ 2 ވަނަ ސްކޫލެވެ. އެސްކޫލު ޢިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައި ވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެމްޑީޕީ ސަރުކާރުގައި އެސްކޫލު އެޅުމުގެ މަސައްކަތް ހަވާލުކުރީ އާރްސީސީއަށެވެ.

މާދަމާ އެ ސްކޫލު ހުޅުވާއިރު، ސްކޫލު ހުޅުވުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ. މިގޮތުން ކްލާސް ރޫމުތަކުގައި ގޮނޑިމޭޒު ރޭވުމާއި އެނޫންވެސް ކަންކަމުގައި އެޗްޑީސީން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މާދަމާ އެސްކޫލު ހުޅުވާއިރު ކިޔަވައިދޭނީ ދެ ދަންފަޅިއަށެވެ. އަދި މިހާރު އެސްކޫލުން 1950ވުރެ ގިނަ ދަރިވަރުންނަށް ޖާގަ ދީފައިވާ ކަމުގައިވެސް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހާމަކުރައްވާފައި ވެއެވެ.

އެސްކޫލު އިމާރާތްކުރީ އެއްދަންފަޅިއަށް 1500 ކުދިންނަށް ޖާގަދީގެން ކިޔަވައިދޭ ގޮތަށެވެ. އެހެން ނަމަވެސް ހުޅުމާލެ ފޭސް 2ގެ އާބާދީ ބޮޑުވަމުން އަންނަ މިންވަރަށް އެހެން ސްކޫލުތައް އެޅިފައި ނުވާތީ، ޝަހީދު ޢަލީ ސްކޫލުގައި މިހާރު ހަމަޖައްސާފައި ވަނީ ދެ ދަންފަޅިއަށް ކިޔަވައިދޭ ގޮތަށެވެ.

ފަސްބުރިއަށް އިމާރާތްކޮށްފައިވާ ޝަހީދު ޢަލީ ސްކޫލުގައި، 50 ކްލާސްރޫމާއި، މަލްޓިޕަރޕަސް ހޯލަކާއި، ލެބޯޓްރީތަކުގެ އިތުރުން، އިންޑޯ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމްތައް ހަމަޖައްސައި އޭގެ އިތުރުން ޓަރފް ދަނޑެއްވެސް ހަދާފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް