ގއ. މާމެންދޫއިން 17 ކިލޯގެ މަސްތުވާތަކެއްޗާއި އެކު ދެމީހުން ހައްޔަރުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި ދެމީހުން -- ފޮޓޯ: ޕޮލިސް
ގއ. މާމެންދޫގެ ދެ ގެއެއް ބަަލައި ފާސްކޮށް، 17.7 ކޮލޯގެ މަސްތުވާތަކެތި ހޯދަ ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހައްޔަރުކޮށްފައި ވަނީ، ގއ. މާމެންދޫ / ފިޔާތޮށިވިލާ، އަޒުހަދު ނަސީމް (29އ) އާއި ގއ. މާމެންދޫ / ރޯޝަނީގެ، ރިޝްފާން ރާމިޒު (29އ) ކަމަށެވެ. ދެމީހުންނަކީވެސް މި ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ ދެމީހުން ކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެދެ މީހުން ހައްޔަރުކޮށްފައި ވަނީ، މަސްތުވާތަކެތި އެތެރެކުރުމާއި އެތަކެތި ޓްރެފިކް ކުރުން ހުއްޓުވުމަށްޓަކައި 2026 ޖުލައި މަހުން ފެށިގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އަޕަރ ސައުތު ޕޮލޮސްގެ ގއ. އަތޮޅު ޕޮލިސް އާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޑްރަގް އެންފޯސްމެންޓް ގުޅިގެން 2026 ސެޕްޓެމްބަރު 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން ގއ. މާމެންދޫ ދެ ގެއެއް ބަލައިފާސްކޮށް ހައްޔަރުކުރި މިދެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރު ކުރުމުން، އެމީހުންގެ ބަންދަށް 5 ދުވަސް ޖަހައިދީފައިވާ ކަމަށެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގާ އެ އޮޕަރޭޝަންގެ ދަށުން އިތުރު ތަންތަންވެސް ބަލައި ފާސްކުރަމުން އެބަ ގެންދާ ކަމަށެވެ.
މިމައްސަލަ ފުލުހުން ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް