Post banner
ރަށްރަށުން

ފޯކައިދޫގައި ބިދޭސީން ދިރިއުޅޭ ގެއެއް ރޯވެ އަނދައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ފޯކައިދޫގައި ބިދޭސީން ދިރިއުޅޭ ގެއެއް ރޯވެ އަނދައިފި

އިރުދޭމާ ގޭގައި ހިނގި އަލިފާނުގެ ހާދިސާ --- ފޮޓޯ: ފޯކައިދޫ ކައުންސިލް

ށ. ފޯކައިދޫގައި ބިދޭސީން ދިރިއުޅެމުންދިޔަ ގެއެއްގައި މިއަދު ރޯވެ އަނދައިފިއެވެ.

ފޯކައިދޫ ކައުންސިލް މެމްބަރަކު ވިދާޅުވީ، އެރަށު އިރުދޭމާގޭގައި އަލިފާނުގެ ހާދިސާހިނގާފައި ވަނީ މިއަދު ހަވީރު ކަމަށާއި، އެގެ އެއްކޮށް އަނދާފައިވާ ކަމަށެވެ.

އެގޭގައި ދިރިއުޅެމުން އައީ ބިދޭސީ 9 މީހަކު ކަމަށާއި، އެއީ ކުންފުންޏެއްގެ މަސައްކަތު މީހުންތަކެއް ކަމުގައި ފޯކައިދޫ ކައުންސިލުން ހާމަކުރައްވާފައި ވެއެވެ.

Uploaded image

އެކައުންސިލުން ވިދާޅުވީ، ފުލުހުންނާއި ރައްޔިތުންގެ ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުމާއިއެކު އިރުދޭމާގޭގައި ރޯވި އަލިފާން ވަނީ ނިއްވާލެވުނު އިރު، އެ ގެޔާއި ގޭގައި ހިފާގެންގުޅޭ އެންމެހާ ތަކެތި އެއްކޮށްވަނީ އަނދައިގެންގޮސްފައެވެ.

އަލިފާނުގެ މިހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގައިވެސް ފޯކައިދޫ ކައުންސިލުން ވަނީ ހާމަކުރައްވާފައެވެ.

މިހާދިސާގައި ހާލުގައި ޖެހުނު ބިދޭސީ މަސައްކަތްތެރިންނަށް މި ފޯކައިދޫ ކައުންސިލުން ވަނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދީފައި ކަމަށާއި، އަދި އެފަރާތްތަކަށް ބޭނުންވާ އިތުރު އެހީތެރިކަން އެ މަސައްކަތްތެރިން ނިސްބަތްވާ ކުންފުނީގެ ވެރިން މެދުވެރިކޮށް ފޯރުކޮށް ދިނުމަށްވެސް މަސައްކަތް ކުރަމުން އަންނަ ކަމުގައި ފޯކައިދޫ ކައުންސިލުން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް