ރ އަތޮޅު ޗެންޕިއަންކަން ދުވާފަރުން ހޯދައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އެފްއޭއެމް ފުޓުސަލް އެޓޯލް ޗެންޕިއަންޝިޕްގެ ރ އަތޮޅު ޗެންޕިއަންކަން ދުވާފަރުން ހޯދައިފިއެވެ. އިނގުރައިދޫގައި މިއަދު ހަވީރު ކުޅުނު މި މެޗު ދުވާފަރުން ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ.
ދެޓީމުގެ ފަރާތުން ވެސް މޮޅުކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ދުވާފަރު ޓީމުގެ ޖޯޒީ ނަމްބަރު 30 މުޙައްމަދު އިސާމް (ސަންޓޭ) މެޗުގެ 10 ވަނަ މިނެޓްގައި ފުރަތަމަ ގޯލް ކާމިޔާބުކޮށްފައިވަނިކޮށް އިނގުރައިދޫ ޓީމުން ޖޯޒީ ނަމްބަރު 9 ޢަލީ ޙާފިޒް(ހާއްޕެ) ފުރަތަމަ ހާފްގެ ފަހު ވަގުތު ނަތީޖާ ހަމަހަމަކޮށްދިނެވެ .ފުރަތަމަ ހާފް ނިމުނީ 1-1 ދެޓީމް އެއްވަރުވެގެންނެވެ.
ދުވާފަރު ޓީމްގެ ފަހު ދެގޯލް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ޖޯޒީ ނަމްބަރު9 އިބުރާހީމް އަނާން ޢަލީއެވެ. ދުވާފަރު ޓީމުގެ ގިނަ ހަމަލާތަކެއް ގޯލްކީޕަރ ޙަލީމް(ހައްލޭ)އަދި ޖުމާން ވަނީ ދިފާޢުކޮށްފައެވެ. މީގެ އިތުރުން އަލީ ޝާފިއު، މިބުޝާމް އާ އެކީ އިނގުރައިދޫ ޓީމަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބި ގިނަ ހަމަލާތައް ގޯލްކީޕަރ ނަދީމް(ރިކޫ) ސަލާމަތްކޮށްދިނެވެ.
ބައެއް ފައުލްތައް ފެނިގެން ދިޔަ މިމެޗުގައި ދެއްކީ އެންމެ ރީނދޫ ކާޑެކެވެ. މެޗުގައި ދުވާފަރު ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ އިސްމާއިލް އަޙްމަދަށް ލިބުނު އަނިޔާ އަކާއި ގުޅިގެން ދަނޑުން ބޭލިއެވެ.
ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް ފަހު ހާފުގައި އިނގުރައިދޫ ޓީމަށް އިތުރު ގޯލެއް ނުޖެހި މެޗް ނިމިގެން ދިޔައީ ދުވާފަރު ޓީމުން މެޗު ކާމިޔާބުކޮށްގެންނެވެ.
މި ދެޓީމު ވެސް ޒޯން ބުރަށް ކޮލިފައިވެފައިވާއިރު ނޫނު އަތޮޅުން މަނަދޫ އަދި މަގޫދޫ، ބ އަތޮޅުން އޭދަފުށި އަދި ތުޅާދޫ، ޅ އަތޮޅު ހިންނަވަރު އަދި ނައިފަރު މިވަނީ ޒޯން ބުރަށް ކޮލިފައިވެފައެވެ. ނޫނު އަދި ޅ އަތޮޅު ފައިނަލް 21 އޮގަސްޓްގައި ކުޅުމަށްވަނީ ތާވަލުކުރެވިފައެވެ.
ޚަބަރު ލިޔުނީ: ޙަސަން ސާތިޢު - ރަށު ރިޕޯޓަރ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް