Post banner
ރަށްރަށުން

އެންވެރިކަމަށް ފޭބިފަހުން ގެއްލުނު މަސްވެރިއަކު ރިސޯޓެއްގެ ގޮނޑު ދޮށުން ފެނިއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެންވެރިކަމަށް ފޭބިފަހުން ގެއްލުނު މަސްވެރިއަކު ރިސޯޓެއްގެ ގޮނޑު ދޮށުން ފެނިއްޖެ

"ބަހުރު" ނަމަކަށް ކިޔާ މަސްދޯންޏަކުން ގެއްލިގެން، ހޯދަމުން ދިޔަ މީހަކު ރިސޯޓެއްގެ ގޮނޑު ދޮށުން ފެނިއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އެމީހާ ގެއްލުނުކަމަށް ރިޕޯޓްކޮށްފައި ވަނީ، ހދ. އަތޮޅުގެ ރިޒޯޓެއްކަމަށްވާ ހޮނޑާފުށީ ކައިރީގައި، އެދޯނި އެންވެރިކަން ކުރަން އޮއްވައި ކަމަށެވެ. އެ މީހާ ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައިވަނީ މިއަދު ފަތިހު 04:05 ހާއިރުގައި ކަމަށާއި، އެރިޕޯޓް ލިބުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެ މީހާ ހޯދުމުގެ މަސައްކަތް ފެށި ކަމުގައި އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެމީހާ ފެނުނީ، މިއަދު ހެނދުނު 05:55 ހާއިރު، ހޮނޑާފުށި އައިލެންޑް ރިސޯޓުގެ ގޮނޑުދޮށަށް ލައްގާފައި އޮއްވާ، ހޯދުމުގެ މަސައްކަތުގައި އެހީތެރިވަމުންދިޔަ ޑިންގީއަކަށެވެ. އޭނާއަށް އަވަސް ޞިއްޙީ ފަރުވާ ދިނުމަށް ޓަކައި 05:59 ހާއިރު، ހދ. ހަނިމާދޫ ޞިއްޙީ މަރުކަޒަށް ގެންދެވުނު ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.

ހަނިމާދޫ ޞިއްޙީ މަރުކަޒާއި ހަވާލާދީ، އެރަށުގައި ހުރި ރައްޔިތުންގެ ނޫހުގެ ރަށު ރިޕޯޓަރު މައުލޫމާތު ދީފައިވާ ގޮތުގައި، ފަރުވާ ދިނުމަށްފަހު އެމީހާ މިހާރު ވަނީ ޞިއްޙީމަރުކަޒުން ދޫކޮށްލާފައެވެ، އޭނާގެ ހާލުވެސް ރަނގަޅު ކަމުގައި ޞިއްޙީމަރުކަޒުން މައުލޫމާތު ދީފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް