Post banner
ރާއްޖެ

އެކްސިޑެންޓްވި ކާރު ނެގުމަށް މަގު ބަންދުކޮށްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

އެކްސިޑެންޓްވި ކާރު ނެގުމަށް މަގު ބަންދުކޮށްފި

މިއަދު ހެނދުނު ހުޅުމާލޭ މިދިލި މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ހަލާކުވި އަގުބޮޑު ލަގުޒަރީ ކާރު އެތަނުން އެތަނުން ނެގުމަށްޓަކައި، މަގު ބަންދުކޮށް ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފިއެވެ.

ކާރު ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، ފުލުހުން ވަނީ، މިދިލިމަގު ނިރޮޅުމަގާއި ގުޅުނު ހިސާބުން ހުޅަނގަށްގޮސް، ރީތިގަސް މަގާއި ހަމއަށް އާއްމު ޓްރެފިކަށް ބަންދުކޮށްފައެވެ. އަދި ހައިވޭއިން ހުޅުމާލެއަށް އަންނަ ވެހިކަލްތަކަށް ހުޅުމާލެއަށް އެރޭ ގޮތަށް ނިރޮޅުމަގު އެއްކޮޅަށް ދުއްވޭ ގޮތަށް އޮތްބައި މިހާރު ވަނީ ދެކޮޅަށް ދުއްވާ ގޮތަށް ބަދަލުކޮށްފައެވެ.

ރާއްޖޭެގެ މުއްސަނދި އާއިލާއެއްގެ ލަގްޒަރީ ލަމްބޯގިނީ ކާރު، މިއަދު ހެނދުނު 8:30 ހާއިރު އެކްސިޑެންޓްވީ އެކާރު ހައިވޭއިން ހުޅުމާލެއަށް އެރި އިރު، ސްޕީޑް ކޮންޓްރޯލް ނުކުރެވި ގޮސް މިދިލިމަގުގެ، ސީޕްލޭން ވޯޓަރއެއަރޯޑްރޯމް ފަޅީގައި ޖަހާފައިހުރި، ސޯލާ ޕެނަލް ތަކުގައި ޖެހިގެންނެވެ. މިއެކްސިޑެންޓްގައި ކާރު ފުރޮޅާލައި ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، އޭގައި ތިބި މީހުންނަށް ފުރާނައަށް ނުރައްކާވާފަދަ ސީރިއަސް ގެއްލުމެއް ލިބިފައި ނުވާކަމުގައި ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

މިއެކްސިޑެންޓްގެ މައްސަލަ ފުލުހުން ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް