ހުޅުމާލެ ފަތާ ޓްރެކްގައި ފަތަނިކޮށް މީހެއްގައި ގައި ބުޅިއެއް އަޅައިގެންފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އިބްރާހިމް ރަޝީދު ސޯޝަލްމީޑިއާގައި ޕޯސްޓުކޮށްފައިވާ މަސް ވަދު --
ހުޅުމާލެ ފަތާ ޓްރެކް ކައިރީގައި މަސްބޭނުން މަނާކޮށްފައި ވަނިކޮށް ބަޔަކު މަސްބާނަން އުޅުމުގެ ތެރޭގައި ޓްރެކްގައި ފަތަން އޮތް މީހެއްގެ ގައިގައި ބުޅި އަޅައިގަތުމުގެ ހާދިސާއެއް މިރޭ ހިނގައިފިއެވެ.
މިހާދިސާއާ ކުރިމަތިލާން ޖެހުނު އިބްރާހިމް ރަޝީދު ވަނީ، އެކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ޙިއްޞާކޮށްފައެވެ. އޭނާ ބުނީ ފަތާ ޓްރެކް މޫދުގައި ފަތަނިކޮށް ކުއްލިއަކަށް އޭނާގެ ވާތު ކޮނޑުމަތީގައި އެއްޗެއް ޖެހުމުން ސިއްސައިގެން ދިޔަކަމަށާއި، ރަނގަަޅަށް ބަލާލި އިރު އޭނާގެ ގައިގައި އަޅައިގެންފައި އޮތީ މަސްބާނަން ބޭނުން ކުރާ ބުޅިއެއް ކަމަށެވެ. އެވަގުތު އެސަރަހައްދުގައި ދެމީހަކު މަސްބާނަން ތިބި ކަމަށާއި، އޭނާގެ ގައިގައި އަޅައިގަތީ އޭގެ ތެރެއިން އެކަކު އެއްލި ބުޅި ކަމަށެވެ.
އިބްރާހިމް ރަޝީދު ބުނީ އޭނާގެ ގައިގައި އަޅައިގަތް ބުޅީގައި އައްސާފައި އޮތް ކަންވާރު އޭގެ ތެރެއިން އެކަކު ދަތުން ކަނޑާލައި އޭނާއަށް އެހީތެރިވެދިން ކަމަށެވެ. އަދި މާބޮޑު އަނިޔާއެއް ނުލިބި ސަލާމަތްވި ނަމަވެސް އެކަމުގެ ނުރައްކާތެރިކަން އިބްރާހިމް ރަޝިދު ވަނީ ފާހަގަކޮށްފައެވެ.
ހުޅުމާލެ ފަތާ ޓްރެކް ސަރަހައްދުގައި މަސްބޭނުމަކީ، އެޗްޑީސީން މަނާކޮށްފައި އޮންނަ ކަމެކެވެ. މީގެ އިތުރުން ހުޅުމާލެ ހައިވޭ ފެށޭ ހިސާބުގައިވެސް މީހުން މަސްބޭނުން މަނާކޮށް އެޗްޑީސީން ބޯޑުޖަހާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް