Post banner
ރާއްޖެ

މަހުދީ ނިޔާވިތާ 5 ދުވަސް ފަހުން، އެ ހާދިސާ ތަޙްޤީޤުކުރަން ފަށާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މަހުދީ ނިޔާވިތާ 5 ދުވަސް ފަހުން، އެ ހާދިސާ ތަޙްޤީޤުކުރަން ފަށާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެ

ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ --

ސާޖަންޓް ފަސްޓް ކުލާސް މުޙައްމަދު މަހުދީ ނިޔާވި ހާދިސާ ފުލުހުންގެ އިދާރާއިން ތަޙްޤީޤުކުރަން ފަށާފައިވާކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖުގައި ވިދާޅުވީ، 2026 މެއި 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ސަރޗް އޮޕަރޭޝަންގައި ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި ގޮތް ފުލުހުން ގެންދަނީ ބަލަމުންކަމަށެވެ. އެހެން ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްޞީލެއް ފުލުހުން ދީފައެއް ނުވެއެވެ.

ސާޖަންޓް ފަސްޓް ކްލާސް މުޙައްމަދު މަހުދީ ނިޔާވީ، މިދިޔަ ބުރާސްފަތު ދުވަހު އިޓަލީގެ 5 ފަތުރުވެރިއަކު، ވ އަލިމަތާ ކައިރީ ފަރެއްގެ 58 މީޓަރު އަޑީގައި ހުރި ހޮހަޅައަކަށް ޑައިވްކުރުމުގެ ތެރޭގައި މަރުވި ހާދިސާ އާއި ގުޅިގެން ހިންގި އޮޕަރޭޝަންގައި، ހޮނިހޮރު ދުވަހު އެ ސަރަހައްދަށް ފީނަމުން ދަނިކޮށެވެ. އޭނާ ނިޔާވި ހާދިސާގައި އިހުމާލުއޮތް ކަމަށް ބުނެ، ޑައިވިން ދާއިރާގެ ތަޖުރިބާކާރު ފަރާތްތަކާއި އާއްމުންވެސް އަންނަނީ ފާޑުކިޔަމުންނެވެ.

މަހުދީ ނިޔާވުމާއި އެކު ހަމަ އެދުވަހުގެ ރޭގައި ވަނީ، ރަސްމީ ޢިއްޒަތުގައި އޭނާގެ ޖަނާޒާ ބާއްވައި، މާލޭ އާސަހަރާގައި ވަޅުލާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް