މުމްބާއީ އެއާޕޯޓުގެ ޓެކްސީވޭގައި ދެފްލައިޓް ޖެހި ގެއްލުންތައް ލިިބިއްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
މިހާދިސާ ހިނގާއި ވަނީ އިއްޔެ އިރުއޮއްސި 7:30 ހާއިރުގައެވެ. އެކްސިޑެންޓްވި ދެ މަތިންދާ ބޯޓަކީވެސް އޭބަސް އޭ320 މަރުކާގެ ދެ މަތިންދާ ބޯޓެވެ. އެކްސިޑްންޓްގައި ދެމަތިންދާ ބޯޓުގެ ފިޔަގަނޑުގެ ކޮޅު ޖެހި ވަނީ ގެއްލުންތައް ލިބިފައެވެ.
މުމްބާއީ އެއާޕޯޓުގެ ޓެކްސީވޭ މަތީގައި، އެއަރ އިންޑިއާގެ މަތިންދާ ބޯޓަކާއި އިންޑިއގޯގެ މަތިންދާ ބޯޓެއްގެ ފިޔަގަނޑު ޖެހި އެކްސިޑެންޓް ވެއްޖެއެވެ.
މިހާދިސާ ހިނގާއި ވަނީ އިއްޔެ އިރުއޮއްސި 7:30 ހާއިރުގައެވެ. އެކްސިޑެންޓްވި ދެ މަތިންދާ ބޯޓަކީވެސް އޭބަސް އޭ320 މަރުކާގެ ދެ މަތިންދާ ބޯޓެވެ. އެކްސިޑްންޓްގައި ދެމަތިންދާ ބޯޓުގެ ފިޔަގަނޑުގެ ކޮޅު ޖެހި ވަނީ ގެއްލުންތައް ލިބިފައެވެ.
މިއެކްސިޑެންޓް ހިނގީ އެއް ސީދަލަށް އޮންނަ މުމްބާއީ އެއާޕޯޓުގެ ދެ ޓެކްސީވޭގައި ދެބޯޓު ދެކޮޅަށް ޓެކްސީކުރަމުން ދަނިކޮށެވެ. އެއާއިންޑިއާގެ ފްލައިޓް AI2732 ތައްޔާރުވަމުން ދިޔައީ، މުމްބާއީން ކޮއިންބަތޫރަށް ފުރުމަށެވެ. އިންޑިގޯ ފްލައިޓަކީ، މުމްބާއީ އެއާޕޯޓަށް ޖެއްސި ބޯޓެކެވެ.
މިހާދިސާގައި ދެބޯޓުގައި ތިބި އެއްވެސް ފަސިންޖަރަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ހާދިސާ އާއި ގުޅިގެން، އެއާއިންޑިއާގެ ފްލައިޓް AI2732 ދަތުރު ކެންސަލްކޮށް، ދެ ބޯޓުވެސް ވަނީ ގްރައުންޑްކޮށްފައެވެ.
ދެ މަތިންދާ ބޯޓެއް ޖެހި ހިނގި ވައިގެ ދަތުރުފަތުރުގެ އެންމެ ހިތާމަވެރި ހާދިސާވެސް ހިނގީ އިންޑިއާގައެވެ. އެއީ އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ ވައިގެ ސަރަހައްދުގެ ތެރޭގައި، ސައުދިއާ ފްލައިޓް 763 އާއި ކަޒަކިސްތާން އެއާލައިންގެ ފްލައިޓް 1907 ވައިގެ ތެރޭގައި ޖެހި އެކްސިޑެންޓްވެ ދެބޯޓުގައި ތިބި 349 މީހުން މަރުވި ހާދިސާއެވެ. އެހާދިސާ ހިނގީ 12 ނޮވެމްބަރު 1996 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް