ރ. އަލިފުށީ ގެއެއްގައި ރޯވެ ދިރިނޫޅެވޭ ވަރަށް އަނދައިގެން ހިނގައްޖެ
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
އަލިފާނުގެ ހާދިސާގައި އަނދައިގެން ދިޔަ ގެ -- ފޮޓޯ: އަލިފުށި އޮންލައިން
ރ. އަލިފުށީގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ގެއެއް މީހުން ދިރިނޫޅެވޭ ވަރަށް އަނދައިގެން ހިނގައްޖެއެވެ.
އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާން ވިދާޅުވީ، ރ. އަލިފުށީ އައިރިސް ގޭގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މިއަދުގެ މެންދުރުފަހު ކަމަށާއި، އެގެއަކީ އަލިފާނުގެ ހާދިސާ ހިނގި އިރުވެސް މީހުން ދިރިއުޅެމުން އަންނަ ގެއެއް ކަމަށެވެ. އަދި އެގޭގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ނޭނގޭ ކަމަށާއި، ފުލުހުންގެ ފޮރެންސިކް ޓީމެއް ހާދިސާ ހިނގި ސީންގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެގޭގައި އަލުފާން ރޯވި ހާދިސާ އާއި ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ނެތްކަމުގައިވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އަލިފުށީ ގެއެއްގައި މިއަދު ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައި ވާއިރު، ރޭ ވަނީ، ގއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އިމާރާތެއްގައިވެސް އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް