ރާއްޖެ

ކޭޝްފްލޯ ތާށިވެ ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މިދިޔަ މަހުގެ މުސާރަ ނުދެވޭ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ކޭޝްފްލޯ ތާށިވެ ވެމްކޯގެ ބައެއް މުވައްޒަފުންނަށް އަދިވެސް މިދިޔަ މަހުގެ މުސާރަ ނުދެވޭ

ވެމްކޯގެ މުވައްޒަފުން --- ފޮޓޯ: ވެމްކޯ

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ވެމްކޯއަށް ފައިސާގެ ތާށިކަން ބޮޑުވެ، މި ނިމުނު ފެބުރުއަރީ މަހުގެ މުސާރަ އަދިވެސް ހުރިހާ މުވައްޒަފުންނަށް ނުދެވޭކަން އެނގިއްޖެއެވެ.

ވެމްކޯގައި މަސައްކަތް ކުރާ ބައެއް ބިދޭސީ މުވައްޒަފުން ބުނެފައި ވަނީ، މާރިޗުމަހުގެ 14 ދުވަސް ނިމިގެ ދިޔައިރުވެސް، ހުސްވި ފެބުރުއަރީ މަހުގެ މުސާރަ ލިބިފައި ނުވާކަމަށެވެ.

އިތުބާރު ހުރި ގޮތެއްގައި ރައްޔިތުންގެ ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ވެމްކޯއިން މިހާރު އަންނަނީ މިދިޔަމަހުގެ މުސާރަ ނުދެވިވާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ބައެއް މުވައްޒަފުންނަށް މިއަދު މުސާރަ ޖަމާކުރުމަށް މަސައްކަތް ކުރަމުންނެވެ.

އެނގިފައިވާ ގޮތުގައި، ފައިސާގެ ދަތިކަން ބޮޑުވެ މިމަހު ވެމްކޯގެ މުވައްޒަފުންނަށް މުސާރަ ދީފައި ވަނީ އެކި މުވައްޒަފުންނަށް އެކި ދުވަސް ދުވަހުގައި ކަމަށް އެނގިފައި ވެއެވެ. އެގޮތުން އެންމެ ފުރަތަމަ 15000ވުރެ ދަށުން މުސާރަ ލިބުނު ފަރާތްތަކަށް މުސާރަ ޖަމާކޮށްދީފައި ވާއިރު، 15000ވުރެ ބޮޑު މުސާރައެއް ލިބޭ މުވައްޒަފުންނަށް މުސާރަ ޖަމާކޮށްދީފައި ވަނީ މިމަހުގެ 10ގެ ފަހުންނެވެ.

ވެމްކޯގައި އެތައް ހާސް މުވައްޒަފުންނެއް މިހާރު ތިބި އިރު، އެކުންފުނިން މުސާރައަށް ކޮންމެ މަހަކުވެސް 45 މިލިޔަން މިހާރު ޚަރަދުކުރަން ޖެހޭކަން އެނގިފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް