ދެވަނަ ޓާމުގެ ކިޔެވުން މިއަދު ފަށައިފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ހުޅުމާލެ ޞަލާޙުއްދީން ސްކޫލް --- ފޮޓޯ: ރައްޔިތުންގެ ނޫސް
ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން މިއަދު މުޅި ރާއްޖޭގައި ފަށައިފިއެވެ.
ފުރަތަމަ ޓާމުގެ ޗުއްޓީއަށް ފަހުގައި، މިއަދު އަލުން ކިޔެވުން ފެށި އިރު، މިމަހުގައި ގްރޭޑް 10، އަދި 11 އާއި 12 ގެ ދަރިވަރުންގެ ފަހު އިމްތިހާން ފެށޭނެއެވެ. ގްރޭޑް 11 އަދި 12 ގެ ދަރިވަރުންގެ ފަހު އިމްތިހާން އޮންނާނީ، އޮގަސްޓ 23 އިން ސެޕްޓެމްބަރު 10 އަކަށެވެ،
ގްރޭޑް 10ގެ ދަރިވަރުންގެ ފަހު އިމްތިހާން އޮންނާނީ މި އޮގަސްޓް މަހު 29 އިން ސެޕްޓެމްބަރު 10 އަށެވެ. އަދި ގްރޭޑް 10 ނިންމާ ދަރިވަރުންނަށް ބާއްވާ އެސްއެސްސީ އިމްތިހާންވެސް ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު ފެށޭނެއެވެ.
މީގެ އިތުރުން ދެވަނަ ޓަރމްގެ މިޑް ޓަރމް ބްރޭކްގެ ގޮތުގައި، ސެޕްޓެމްބަރު 13 އިން 19އަށް ސްކޫލުތައް ބަންދު ވާނެއެވެ.
މިއަހަރުގެ ދިރާސީ އަހަރުގެ ދެވަނަ ޓަރމް ނިމި، ސްކޫލު ދަރިވަރުންނަށް ޗުއްޓީ ލިބޭނީ، 18 ޑިސެމްބަރު 2026 ވަނަ ދުވަހުން ފެށިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް