Post banner
ރާއްޖެ

ބޮޑުތަކުރުފާނު މަގުގައި އަލަށް ތަރައްޤީކުރި ބައިގައި ދިވެހި ރުއްޖަހައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ބޮޑުތަކުރުފާނު މަގުގައި އަލަށް ތަރައްޤީކުރި ބައިގައި ދިވެހި ރުއްޖަހައިފި

ފޮޓޯ ސޯޝަލް މީޑިއާ --

މާލޭގެ އުތުރުފަރާތުން ބޮޑު ތަކުރުފާނުމަގުގައި އަލަށް ތަރައްޤިކުރި ބައިގައި ދިވެހި ރުއްޖަހައިފިއެވެ.

ޖުލައި 26ގައި އެމަގު ހުޅުވުމަށް ތައްޔާރުވަމުން އަންނައިރު. ފޯދިފައި ހުރި ބޮޑެތި ރުއްތައް އެސަރަހައްދުގައި ޖަހައި، މަގު ޒީނަތްތެރިކުރުމުގެ މަސައްކަތް އެމްޓީސީސީން މިހާރު އަންނަނީ ކުރަމުންނެވެ.

އެމަގު މޫދާއިވީފަޅީގައި ރުއްޖެހުމުގެ އިތުރުންް، އެސަރަހައްދުގައި ރާއްޖޭގެ ރަށްރަށުގެ ހޭޅިފަށުގައި ހެދޭ ބާވަތުގެ ގަސްގަހާއި ގެހިވެސް ވަނީ އިންދާފައެވެ. މީގެ އިތުރުން އެމަގު ހެދި އިރު އެތަނުން ނެގި ބައެއް ގަސްތައްވެސް ވަނީ އެސަރަހައްދުގައި އަލުން އިންދާފައެވެ.

ހެންވޭރު ފެރީޓަރމިނަލް އިންފެށިގެން 2 ނަމްބަރު ފާލަމާއި ހަމައަށް، ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތާރުއަޅައި އަލުން ތަރައްޤިކުރީ ކުރި އިރު، އެސަރަހައްދު ވަނީ 4 ލޭނަށް ބަދަލުކޮށްފައެވެ. އަދި އެމަގުގައި ޕާކުކުރުން މަނާކޮށްފައި ވާއިރު، ޕާކު ކުރުމަށް ޚާއްޞަ ސަރަހައްދެއް ވަނީ ހިއްކައިގެން ހަދާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް