Post banner
ރާއްޖެ

ސަރުކާރު ހިންގާ ޕާޓީ ޕިއެންސީގެ ކޮންގްރެސް މިއަދު ފަށައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ސަރުކާރު ހިންގާ ޕާޓީ ޕިއެންސީގެ ކޮންގްރެސް މިއަދު ފަށައިފި

ޕީއެންސީގެ ކޮންގްރެސް ރަސްމީ ގޮތުން ފެށުމުގެ ޖަލްސާ އޮންނާނީ މިރޭގެ 20:00 ގައެވެ.

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ކޮންގްރެސް މިއަދު ފަށައިފިއެވެ.

ޕީއެންސީގެ ކޮންގްރެސްގައި، 1300 އަށްވުރެ ގިނަ މެމްބަރުން ބައިވެރިވާއިރު، މިފަހަރުގެ ކޮންގްރެސް ކުރިޔަށްދަނީ، ސޯޝަލް ސެންޓަރުގައެވެ.

މިއަދު ހެންދުނު ބޭއްވި ރަސްމިއްޔާތުގައި، ޕިއެންސީގެ ކޮންގްރެސް އިފްތިތާޙްކޮށްދެއްވީ، ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒެވެ. ޕީއެންސީގެ ކޮންގްރެސް ރަސްމީ ގޮތުން ފެށުމުގެ ޖަލްސާ އޮންނާނީ މިރޭގެ 20:00 ގައެވެ.

މި ކޮންގްރެސް ނިމޭނީ މިމަހުގެ 18 ވަނަ ދުވަހުގައެވެ. ކޮންގްރެސް ނިމޭއިރު، ޕާޓީގެ މުހިއްމު މަޤާމުތަކަށް މެމްބަރު އިންތިޚާބު ކުރާނެއެވެ. އޭގެ ތެރޭގައި ޕާޓީގެ ނައިބު ރައީސާއި، ޒުވާނުންގެ ހަރަކާތުގެ ރައީސާއި ނައިބު ރައީސާއި ސެކްރެޓަރީ ޖެނެރަލް އާއި ހަޒާންދާރު ހިމެނެވެ. މީގެ އިތުރުންވެސް ބައެއް އެހެން މަޤާމުތަކަށް މެމްބަރު އިންތިޚާބު ކުރާނެއެވެ.

ޕީއެންސީގެ އިންތިޚާބުކުރާ މަޤާމުތަކުގެ ތެރެއިން އެންމެ ވާދަވެރިކަން ބޮޑުވެފައި ވަނީ، ޕާޓީގެ ނައިބު ރައީސް ކަމުގެ މަޤާމަށެވެ. އެމަޤާމަށް ޕީއެންސީގެ އިސް ސަފުގައި ތިއްބެވި 11 ބޭފުޅަކު ކުރިމަތި ލައްވާފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް