classified
ރާއްޖެ

ހިޔާގެ ފްލެޓެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހިޔާގެ ފްލެޓެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

އަލިފާން ރޯވި ފްލެޓްގެ ބަދިގެއަށް ލިބިފައިވާ ގެއްލުންތައް --- ފޮޓޯ: އެމްއެންޑީއެފް

ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާޓަވަރެއްގެ ފްލެޓެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އަލިފާނުގެ މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައެއް ނުވެއެވެ.

މިއަދު މެންދުރު އަލިފާން ރޯވެފައި ވަނީ ހިޔާގެ 8 ވަނަ ޓަވަރުގެ 19 ވަނަ ފަންގިފިލާގައި ހުރި އެޕާޓްމެންޓެއްގައެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހިޔާގެ 8 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާއެެއް ހިނގާފައިވާކަމުގެ މައުލޫމާތު 2026 ޖުލައި 19 ވަނަ ދުވަހުގެ މެންދުރުފަހު 13:27 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަަމަށެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ކުރި މަސައްކަތުން، އެޕާޓްމަންޓުގައި ރޯވި އަލިފާން ވަނީ ކުޑައިރުކޮޅެއްގެ ތެރޭގައި ނިވާލާފައި ކަމށެވެ. މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެޕާޓްމަންޓުގެ ބަދިގޭގައި ކަމަށްވާއިރު، ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައިވާ ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ އަލިފާނުގެ މިހާދިސާ ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް