Post banner
ރާއްޖެ

މެލޭޝިޔާގެ ބޮޑުވަޒީރު އަންނަ ހަފްތާގައި ރާއްޖެވަޑައިގަންނަވަނީ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މެލޭޝިޔާގެ ބޮޑުވަޒީރު އަންނަ ހަފްތާގައި ރާއްޖެވަޑައިގަންނަވަނީ

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް (ކ)، ރައީސުލްމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު (ވ)

މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް އަންނަ ހަފްތާގައި ރާއްޖެއަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެއަށް ވަޑައިގެންނެވުމަށް، ނިންމަވާފައިވާކަން ސަރުކާރުން ރަސްމީ ގޮތުން އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް މެލޭޝިއާގެ ބޮޑުވަޒީރު އަންނަ ހަފްތާގައި ރާއްޖެއަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާކަން ސަރުކާރުގެ ބައެއް އިސް އޮފިޝަލުން ނުރަސްމީކޮށް މީޑިއާތަކަށް މައުލޫމާތު ދެއްވާފައި ވެއެވެ.

އެނގިފައިވާ ގޮތުގައި، މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެއަށް ވަޑައިގަންނަވާނީ، ހޯމަދުވަހުގެ ރޭގައެވެ. އަދި އަންގާރަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި އެމަނިކުފާނު ރާއްޖެއިން ފުރާވަޑައިގަންނަވާނެއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ދިވެހިރާއްޖެއަށް ވަޑައިގަންނަވާނީ، އަންނަ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހު، އިންޑިއާގައި އޮންނަ ބްރިކް ސަމިޓުގައި ބައިވެރިވެވަޑަިއގެންނެވުމަށްފަހު، އެނބުރި މެލޭޝިއާއަށް ވަޑައިގެންނެވުމުގެ މަގުމަތީގައެވެ.

ދިވެހިރާއްޖެއަށް އެންމެ ފަހުން ވަޑައިގެންނެވި މެލޭޝިއާގެ ބޮޑުވަޒީރަކީ، ނަޖީބު ރައްޒާޤެވެ. އޭނާ ދިވެހިރާއްޖެއަށް ވަޑައިގެންނެވީ ރައީސް ޔާމީންގެ ވެރިކަމުގައި، 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހުގައި، މެލޭޝިއާއަށް ވަޑައިގެންނެވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް އޭނާގެ ސަރުކާރު ވެއްޓުނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް