Post banner
ރާއްޖެ

ބްލެކްމާކެޓުގައި ޑޮލަރު ވިއްކަމުން ދިޔަ އިންޑިއާ ދެމީހަކާއި ބަނގުލަދޭޝް 4 މީހަކު ކަމާއި ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ބްލެކްމާކެޓުގައި ޑޮލަރު ވިއްކަމުން ދިޔަ އިންޑިއާ ދެމީހަކާއި ބަނގުލަދޭޝް 4 މީހަކު ކަމާއި ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފި

ބްލެކްމާކެޓުގައި ޑޮލަރުގެ ވިޔަފާރި ހިންގަމުން ދިޔަ 6 ބިދޭސީއަކު ކަމާއި ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ދިވެހިރާއްޖޭގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހުއްދަނެތި ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދާ ދެނެގަނެ އެފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ދައުލަތުގެ ކަމާގުޅޭ ފަރާތްތައް ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލާފައިވާ ޓާސްކްފޯސްއިން ބަލަމުންދާ މައްސަލަތަކާ ގުޅިގެން 06 ބިދޭސީން ވަނީ ދިވެހި ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.

މި ހަ މީހުންނަކީ،

1- މުހައްމަދު ރާހުލް އަމީން - ބަނގްލަދޭޝް (އަދާކުރާ ވަޒީފާ- އެކައުންޓެންޓް)

2- މަސްޢޫދު މިއާ - ބަނގްލަދޭޝް ( އަދާކުރާ ވަޒީފާ- ވެއިޓަރ)

3- އެމްޑީ ފަރީދުއްދީން - ބަނގްލަދޭޝް ( އަދާކުރާ ވަޒީފާ- ޑްރައިވަރ)

4- މުޙައްމަދު މަހުމޫދުރް ހަސަން - ބަނގްލަދޭޝް ( އަދާކުރާ ވަޒީފާ - ކްލީނަރ)

5- މުހައްމަދު އަސަތު ކަލަންދަރް ޙުސައިން - އިންޑިއާ ( އަދާކުރާ ވަޒީފާ - ސޭލްސްމަން)

6- ޛުލްޤަރްނައި އިމްރާންޚާން - އިންޑިއާ ( އަދާކުރާ ވަޒީފާ - އިންޖިނިއަރ)

ފުލުހުންގެ އިދާރާއިން ވިދާޅުވީ، ޤާނޫނާ ޚިލާފަށް ބޭރު ފައިސާގަނެ ވިއްކާ ފަރާތްތަކުގެ މައްސަލަތައް ބެލުމަށް މިހާތަނަށް ޓާސްކްފޯސްއިން އެއްކޮށްފައިވާ މައުލޫމާތުތައް ދިރާސާކުރިއިރު ބައެއް އަމިއްލަ ފަރުދުންގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓްތަކާއި އަމިއްލަ ފަރުދުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތައް ބިދޭސީން އިސްވެ ހިންގާ ގާނޫނާއި ޚިލާފު އަމަލުތަކުން ހޯދައި ފައިސާ ދައުރުކޮށް މުޢާމަލާތްކުރުމަށް އެފަރާތްތަކާއި ހަވާލުކޮށްފައި ހުންނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ، އެއްވެސް ފަރާތެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓް އެހެން ފަރާތަކުން ހިންގާ ޤާނޫނާއި ޚިލާފު އަމަލުތަކަށް މަގުފަހިކުރުމަށް ދޫކުރުމަކީ އެމީހެއްގެ މައްޗަށްވެސް ކުށުގެ ބައިވެރިއެއްގެ ހައިސިއްޔަތުން ޤާނޫނީ ފިޔަވަޅު އެޅިދާނެ ކަމެއްކަމަށްވާތީ ޤާނޫނާއި ޚިލާފް އަމަލުތައް ހިންގުމަށް އެއްވެސް ފަރާތަކަށް ބޭންކު އެކައުންޓް ބޭނުންކުރުމުގެ ފުރުސަތު ނުދިނުމަށް މި ފުރުސަތުގައި އިލްތިމާސްކުރާ ކަމަށެވެ. އަދި މިފަދަ އަމަލުތައް ކުރާ ފަރާތްތައް ހޯދާ ޤާނޫނީ ފިޔަވަޅު އަޅަމުންދާނެކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް