classified
ރާއްޖެ

މޫސުމް ގޯސްވެ ހުޅުލެއަށް ނުޖެއްސިގެން ޔޫއެލް ފްލައިޓް އަނބުރާ ލަންކާއަށް

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

މޫސުމް ގޯސްވެ ހުޅުލެއަށް ނުޖެއްސިގެން ޔޫއެލް ފްލައިޓް އަނބުރާ ލަންކާއަށް

ސްރީލަންކަން އެއާލައިންގެ ފްލައިޓް—-

ކޮލަމްބޯއިން މިރޭ މާލެެ އައި ސްރީލަންކަން އެއާލައިންގެ ފްލައިޓް އަނބުރާ ލަންކާއަށް ހިނގައްޖެއެެވެ.

ޔޫއެލް ފްލައިޓް 103 އަނބުރާ ކޮލަމްބޯއަށް ދިޔައީ މާލެ ސަރަހައްދުގެ މޫސުމް ގޯސްވެ ހުޅުލެއަށް ނުޖެއްސިގެންނެވެ. އެއަރބަސް އޭ-320ގެ އެފްލައިޓް ހުޅުލެއަށް ޖެއްސޭތޯ ވަރަށް ގިނައިރު މާލެ ސަރަހައްދުގައި މަތީގައި ބުރުޖެހިއެވެ. ހުޅުލެއަށް ޖެެއްސޭގޮތް ނުވުމުން އެފްލައިޓް އަނބުރާގޮސް ކޮލަމްބޯ ބަންޑާރަނައިކެ އިންޓަރނޭޝަލް އެއާޕޯޓުގައި ޖައްސާފައިވަނީ މިރޭގެ 00:39ގައެވެ.

މާލެ ސަރަހައްދަށް ވައިބާރުވެ މޫސުމްވަނީ ވަރަށްބޮޑަށް ގޯސްވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް