Post banner
ރާއްޖެ

ހުޅުމާލެ ފަޅުތެރެއަަށް ގެއްލުނު މީހާ މަރުވެފައި އޮއްވައި ފެނިއްޖެ

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހުޅުމާލެ ފަޅުތެރެއަަށް ގެއްލުނު މީހާ މަރުވެފައި އޮއްވައި ފެނިއްޖެ

ޙުޅުމާލެ ވޯޓަރ އެއަރޯޑްރޯމް ކައިރީ ފަޅުތެރެ - ފޮޓޯ: އެމްއެންޑީއެފް

އިއްޔެ ހުޅުމާލޭ ފަޅުތެރޭގައި އޮތް ބާޖަކުން ވަލެއް އައްސަން މޫދށް ފޭބިފަހުން ގެއްލުނު މީހާ މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

މެރިން ޕޮލިސް އިން ހާމަ ކުރައްވާފައިވާ ގޮތުގައި އެމީހާގެ ހަށިގަނޑު ފެނިފައި ވަނީ، ހުޅުމާލެ ފަޅުތެރެއިންނެވެ. އެމްއެންޑީއެފުން ވިދާޅުވީ އެމީހާގެ ހަށިގަނޑުފެނުނީ ސީޕްލޭންޓާމިނަލް ގެ ފަޅުތެރެއިން ކަމަށެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ މިހާދިސާގައި ނިޔާވެފައިވައި ވަނީ ކ.ގުރައިދޫ / ރަތްވިލާގެ ، އިބްރާހިމް ޝާކިރު (48 އަހަރު)އެވެ.

މިހާދިސާ ފުލުހުން އަންނަނީ ތަޙްޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް