މަސްތުވާތަކެތީގެ މައްސަލައެއްގައި ފިލްމީ ތަރިންތަކެއް ހައްޔަރުކޮށްފި
ރައްޔިތުންގެ ނޫސް
ލިޔުންތެރިޔާ
ފުލުހުންގެ އިދާރާ --
މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރިޔަށް ގެންދާ އޮޕަރޭޝަނެއްގެ ތެެރެއިން ފިލްމީ ތަރިންތަކެއް ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، އެ އޮޕަރޭޝަންގެ ތެރެއިން ޖުމުލަ 4 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެ އެންމެންނަކީވެސް ދިވެހި ފިރިހެނުން ކަމަށާއި، އޭގެ ތެރޭގައި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ 3 ފިރިހެނަކުވެސް ހިމެނޭ ކަމަށް ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ ފުލުުހުން އެ އޮޕަރޭޝަން ހިންގާފައި ވަނީ ވިލިމާލޭގައި ކަމަށެވެ. އެ އޮޕަރޭޝަނާއި ގުޅޭ ތަފްސީލްތަކެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް