Post banner
ރާއްޖެ

ހުޅުމާލެ ފޭސް 2 އިން 1250 އަކަފޫޓުގެ ގޯޗެއް 4 ލައްކަ ރުފިޔާއަށް ވިއްކައިފި

ރައްޔިތުންގެ ނޫސް

ލިޔުންތެރިޔާ

ހުޅުމާލެ ފޭސް 2 އިން 1250 އަކަފޫޓުގެ ގޯޗެއް 4 ލައްކަ ރުފިޔާއަށް ވިއްކައިފި

ހުޅުމާލެ ފޭސް 2 އިން ވަރަށް ކުޑައަގެއްގައި ވިއްކުމަށް ނިންމާފައިވާ ގޯތި އޮތްތަން ---

ހުޅުމާލެ ފޭސް 2 އިން އަމިއްލަ މީހަކަށް ސަރުކާރުން 1250 އަކަފޫޓުގެ ގޯއްޗެއް 468,750ރ އަށް ވިއްކައިފިއެވެ.

އެ މުއާމަލާތުގެ މައުލޫމާތު އެންމެ ފުރަތަމަ ހާމަވީ ސޯޝަލް މީޑިއާގައެވެ. އެއީ ހިނގާފައިވާ މުއާމަލާތެއްކަން ކަށަވަރުވީ، ހައުސިން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބު އެކަމާއި ގުޅޭގޮތުން މިރޭ ޓްވީޓެއް ކުރެއްވުމުންނެވެ.

ހުޅުމާލެ ފޭސް 2 އިން އަޙްމަދު ޒާހިރު ނަމަކަށް ކިޔާ މީހަކަށް، ވިއްކުމަށް ސަރުކާރުން ނިންމާފައި ވަނީ، އަކަފޫޓެއް -/375ރ ގެ މަގުން، 1250 އަކަފޫޓުގެ ގޯޗެއް ޖުމުލަ، 468,750ރ އަށެވެ. އަދި އެގޯތި އޭނާއަށް ވިއްކަން ނިންމާފައި ވަނީ. އެޑްވާންސް ޕޭމެންޓްގެ ގޮތުގައި 50،000ރ ދެއްކުމުން، ގޯތީގެ މުޅިއަގު 5 އަހަރުން ދައްކާ ގޮތަށެވެ. އެއީ މަހަކު، 6،979ރ އެވެ.

މިގޯތި ވިއްކަން އުޅޭކަން ހާމަވީ، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓްގެ އިންޓާނަލް މެމޯއެއްގެ ސްކްރީންޝޮޓެއް ސޯޝަލް މީޑިއާއަށް ލީކުވުމާއި ގުޅިގެންނެވެ. މިމައްސަލައިގައި އާއްމުންގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، ހައުސިންގ މިނިސްޓަރ ޑރ. ޢަބްދުﷲ މުައްޠަލިބު ވިދާޅުވެފައި ވަނީ، ގޯތި ވިއްކުމަށް ނިންމާފައިވާ އެމީހާއަކީ، 23 އަހަރުވާންދެން ބޭއިންސާފާއި ކުރިމަތިލާންޖެހިފައިވާ މީހެއް ކަމަށެވެ. އަދި އެ މުއާމަލާތް ހިނގާފައިވާ ގޮތާއި ގުޅޭ ގޮތުން އެ މިނިސްޓްރީން ރަސްމީ ބަޔާނެއް ނެރޭނެ ކަމުގައިވެސް މިނިސްޓަރ ވިދާޅުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް